ފިނިޕޭޖް

ސްޓްރީ 2 ގައިވެސް ޝްރައްދާ ކަޕޫރާއި އެކު ރާޖްކުމާރު ރާއޯ

ސޮޓްރީގެ ޕޯސްޓަރެއް
0%
0%
0%

ސްޓްރީ 2 ގައި ޝްރައްދާ ކަޕޫރާއި އެކު ރާޖްކުމާރު ރާއޯ އަނެއްކާވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ފުރަތަމަ ބައިގައިވެސް މަސައްކަތް ކުރީ މި ދެތަރިންނެވެ.

މިއީ ދިނޭޝް ވިޖާންގެ ބިރުވެރި ކޮމެޑީ ފިލްމެކެވެ. ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލަށް ހަމަޖެއްސިކަން ސޯޝަލް މީޑިއާގައި ވަނީ އިއުލާންކޮށްފަ އެވެ.

މި ދެ އެކްޓަރުންވެސް މިހާރު ވަނީ އެ މީހުންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ފިލްމުގެ ބައެއް މައުލޫމާތު ހިއްސާކުރަން ފަށާފަ އެވެ.

ކުރިއަށް އޮތް ބިރުވެރި ކޮމެޑީގެ ޝޫޓިން އަނެއްކާވެސް ކުރިއަށް ދާނީ ކުޑަ ރަށެއް ކަމަށްވާ ޗާންދަރީ ގައެވެ.

ސްޓްރީ 2 މީގެ ފުރަތަމަ ބަޔަށް ވުރެ އެތައް ގުނައެއް ރަނގަޅުވާނެކަން އިއުލާންކޮށް، ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމާ ގުޅޭ މޯޝަން ޕޯސްޓަރެއްވެސް ދައްކާލާފަ އެވެ.

މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ތެރޭގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345