ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ރައީސް ކަމުގެ ދެވަނަ ދައުރު ފައްޓަވައިފި އެވެ. ފަސް އަހަރުގެ ދެވަނަ ޓާމެއް ކާމިޔާބު ކުރެއްވުމަށް ފަހު މަގާމާ ހަވާލުވެ ވަޑައިގަތުން އޮތީ ހޮނިހިރު ދުވަހު ހަވީރު ރިޔާސީ ގަނޑުވަރު އެލީސީ ޕެލަސްގަ އެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޭންޑިޑޭޓުންނާ ވާދަ ކުރައްވައި މެކްރޮންއަށް ފުރަތަމަ ބުރުގައި އަޣުލަބިއްޔަތު ހޯއްދެވޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް، ދެވަނަ ބުރުގައި މާރިން ލުޕެންއާ ވާދަ ކުރައްވައި 58.2 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. މިއީ ފްރާންސްގައި ފާއިތުވި 20 އަހަރު ދުވަހު ތެރޭގައި ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި 450 އިއްޒަތްތެރިންނާ މުޚާތަބު ކުރައްވައި މެކްރޮން 10 މިނެޓްގެ ކުރު ތަގުރީރެއް ދެއްވި އެވެ. މައިގަނޑު އަމާޒު ކުރެއްވީ ފުރަތަމަ ދައުރުގައި ލިބިވަޑައިގެންނެވި ތަޖުރިބާއަށެވެ. މެކްރޮން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގައި ބޮޑެތި ބަދަލުތަކެއް ފްރާންސަށް ގެންނަވާނެ ކަމަށެވެ.
މެކްރޮން ހުވައި ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ފްރާންސް ކުރީގެ ރައީސުން ކަމަށްވާ ފްރާންސްވާ އޮލާންޑް އަދި ނިކޮލައި ސަކޯޒީ ހިމެނި ވަޑައިގަންނަވަ އެވެ.
މެކްރޮން ވިދާޅުވި ގޮތުގައި އުންމީދަކީ ފްރާންސް އެކަތިގަނޑަކަށް ހެއްދެވުން ކަމަށެވެ. އޭނާ ވިދާޅުވީ ގައުމު މިހާރު އޮތީ ވަރަށް ބޮޑަށް ބައިވައިވެފައި ކަމަށާއި ފްރާންސް ރޫޅިގެން ދިޔަ ނުދެއްވާނެ ކަމަށެވެ.
ފްރާންސްގައި ހައްލު ކުރަން މަދަނީ އެތައް މައްސަލަތަކެއް ހުރި ކަމަށް މެކްރޮން އެއްބަސްވެ ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ ގައުމާ މެދު ވިސްނަން އޮތް ދުވަސްތަކެއް ކަމަށެވެ.
މެކްރޮން ވިދާޅުވީ ފްރާންސްގައި ވަޒީވާ އިތުރު ކުރައްވާނެ ކަމަށާއި އިޖުތިމާއީ ފޭރާމުގައި ހާއެޅިއަ ނުދެއްވާނެ ކަމަށެވެ. އާއިލާތައް ބަދަހިކުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފްރާންސްގައި ތަކެތީގެ އަގު ބޮޑުވުމާއި އާންމު ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން ސަރުކާރަށް އޮތް ޕްރެޝަރު މި ފަހަކަށް އައިސް ވަރީ ވަރަށް ބޮޑުވެފަ އެވެ. ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ގުޅިގެން ގައުމު ނެގެހެއްޓުމުގައި ސަރުކާރާބު ކަޝިޔާރުވުމުގެ ސަބަބުން ދިމާވެފައި ހުރި މައްސަލަތައް ހައްލު ނުކުރައްވައި މެކްރޮންއަށް ފަސޭހަވާނެ ކަމަކަށް ނުބެލެވެ އެވެ.