އިލެކްޝަންސް ކޮމިޝަން

ވިލިމާލޭ ޑަބްލިއުޑީސީ ވޯޓާސް ލިސްޓް ނެރެފި

May 8, 2022

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2،900 މީހަކަށް ލިބެ އެވެ.

މިއިންތިހާބުގައި ވޯޓުލުމަށް ހަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ހުރިހާ ފޮއްޓެއް ވެސް ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެ އާއި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ އެތަންތަނުގައި ވޯޓުލުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަށް މީހުން ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށެވެ.

މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގައި ކެންޑިޑޭޓް ނުވަތަ ކެނޑިޑޭޓް ކަނޑައަޅާ ފަރާތަކުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އާއި އެމްއެންޕީގެ ފަރާތުން އައިމިނަތު ޝީޒާ އެވެ.