މުލިއާގެ

ޕީޕީއެމުން ނަހުލާ ވަކިކުރަން ނިންމައިފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ ޕީޕީއެމް ވަކިކުރަން އެ ޕާޓީގެ ސުލޫކު ކޮމެޓީން އިން ދެންމެ ނިންމައިފި އެވެ.

އެކަން އަވަސްއަށް ވަނީ ކަށަވަރުވެފައެވެ.

ނަހުލާގެ މައްސަލަ ބަލަން ފެށީ ޕާޓީގެ އާންމު މެންބަރުން ގާތުގައި އާއި، ސޯޝަލް މީޑިއާގައި ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފަތުރާ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް އޭނާ ކުރައްވާކަމުގެ މައުލޫމާތާއި ހެކި ލިބިގެންނެވެ.

މީގެ އިތުރުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި، މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ނަހްލާ ދައްކަވަމުން ގެންދަވާތީ އެވެ.

ނަހުލާގެ އިތުރުން ނަހުލާގެ މަންމަ އާމިނަތު ލީލާވެސް ޕީޕީއެމުން ވަކިކުރަން ވަނީ ނިންމާފައެވެ.