މޯލްޑިވްސް ޕޮލިސް ސާވިސް

21 މިލިއަން ރުފިޔާގެ ޑުރަގް: ދެ މީހަކު ހައްޔަރަށް

May 9, 2022

ރާއްޖެ އައި ފަސިންޖަރެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ވެސް ޖަހައިފަ އެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރެއްގެ އަމަލުތަކާމެދު ޝައްކު އުފެދިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު 4.226 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެމީހާގެ ލަގެޖުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެވެ. އެތަކެތީގެ އަގަކީ 21 މިލިއަން ރުފިޔާ އެވެ.

މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ކޮން ގައުމަކުން އައި މީހެއްގެ ލަގެޖުން ކަމެއް ކަސްޓަމްސް އިން ބުނެފައެއް ނުވެ އެވެ.