ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެ ހަފްތާ؛ 312 މީހަކު ކޮވިޑަށް ޕޮޒިޓިވް

މިދިޔަ ދެ ހަފްތާތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 312 މީހެއް ކަމަށް ހެލްތް ޕްރޮޓްކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ އޭޕްރީލް 24 އިން މެއި ހަތް ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މި މުއްދަތުގައި ބަލި ޖެހުނު 312 މީހުންގެ ތެރެއިން 222 މީހުނަކީ އަތޮޅުތަކުން ބަލި ޖެހުނު މީހުންނެވެ. މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 43 މީހަކަށެވެ.

މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނަށް ބަލާއިރު އެނމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ 8 މީހުންނެވެ. ގިނަ ދުވަސް ދުވަހު އަދަދު ހުރީ ހަތަރަކުން ދަށުގައެވެ.

އަތޮޅުތަކުން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 28 މީހަކަށް ބަލި ޖެހުނެވެ. 26 ވަނަ ދުވަހު 25 މީހަކަށް ބަލި ޖެހުނެވެ. 30 ވަނަ ދުވަހު 24 މީހަކަށް ބަލި ޖެހުނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 179،483 މީހުންނެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ މަރުވެފައެވެ.