ރައީސް އޮފީސް

ތިން ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި

ބްރިޒިލް ސަފީރު ސާޖިއޫ ލުއިޒް ކަނާއިސް އާއި ބޫޓާން ސަފީރު ރިންޗެން ކުއެންޓްސިލް އަދި ކަޒަކިސްތާން ސަފީރު ނޫރުލާން ޒަލްގަސްބަޔޭވު --
0%
0%
0%

ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސާޖިއޫ ލުއިޒް ކަނާއިސް އާއި ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރިންޗެން ކުއެންޓްސިލް އާއި ކަޒަކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޫރުލާން ޒަލްގަސްބަޔޭވު، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށްށް މިއަދު އަރުއްވައިފި އެވެ.

ވަކިވަކިން އޮތް ރަސްމިއްޔާތުތަކުގައި އެ ބޭފުޅުން ވަނީ ސަފީރު ކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އެރުވުމަށް ފަހު އެމަނިކުފާނާއި ބައްދަލުކުރައްވާފައެވެ. އާ ސަފީރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ރާއްޖެއާ ކަޒަކިސްތާނުގެ ގުޅުމަށް މި އަހަރު 22 އަހަރުފުރޭނެ އެވެ. ރާއްޖެއާ ބްރެޒިލްގެ ގުޅުމަށް 34 އަހަރު ފުރޭނެ އެވެ. ރައީސް ވަނީ އެކަން ފާހަގަކުރައްވާ މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ސަފީރުންނާއެކު މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޫޓާނަކީވެސް ރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345