ސޭޓުންގެ ގޮތުގައި ބިދޭސީ އިން ބައިތިއްބާފައި ތިބި 26 ފިހާރައެއް ޖޫރިމަނާކޮށްފި އެވެ. މިދިޔަ އޭޕްރިލް މަހުން ފެށިގެން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުގައި ސޭޓުންނަށް ބިދޭސީންނަށް ނުތިބެވޭ ގޮތަށް ސަރުކާރުން ނިންމުމުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އިން ވަނީ އެ ގަވައިދަށް އަމަލު ނުކުރާ ފަރާތްތަށް ހޯދަން އޮޕަރޭޝަންއެއް ފަށައި އަދި އެފަރާތްތަކަށް ޖޫރިމަނާ ކުރާނެ ކަމަށް އަނގާފައެވެ. މި އޮޕަރޭޝަން ތެރޭގައި އިމިގްރޭޝަންގެ ޓީމުން ވަނީ 50 ފިހާރައެއް ޗެކް ކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަން އިން ބުނީ މި އޮޕަރޭޝަންތެރޭގައި ބެލި ފިހާރަތަކުގެ ތެރެއިން 26 ފިހާރައެއްގައި ސޭޓުންގެ ގޮތުގައި ބިދޭސީ މީހުން ބަހައްޓާފައި ހުރި ކަމަށެވެ. އެގޮތުން ކޮންމެ ފިހާރައަކުން 10،000 ރުފިޔާ އަށް ޖޫރިމަނާކޮށްފައިވާނެ ކަމަށާއި އަދި އެކަން ތަކުރާރު ކޮށްފި ނަމަ ޖޫރިމަނާ ބޮޑު ކުރާނެ ކަމަށް އިންޒާރު ދީފައިާނެ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.
ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުން ހެދި މި ގަވައިދުގައިވާ ގޮތުގެ މަތިން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.