ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަކުދިންނަށް ހުރިހާ ގޮތަކުންވެސް ރައްކާތެރިކަން ޔަގީންކޮށްދޭނަން: ރައީސް

May 10, 2022
2

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުރެއްވެވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަހަރެމެންނަށް ކުރެވެން ހުރި ކޮންމެ ކަމެއްވެސް ކުރަންވާނެ ކަމަށެވެ.

ކުޑަކުދިން ހެދި ބޮޑުވުމަށް ލޯތްބާއި އަޅާލުމުގެ މާހައުލެއް ހޯދައިދިނުމަށްވެސް ރައީސް ސޯލިހް އެދިވަޑައިގެންފައިވެ އެވެ.

"ކުޑަކުދިންނަކީ އަހަރެމެންގެ މުސްތަގުބަލް. އެ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން އަހަރެމެން ދޭންވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލުތަކާއި ޕްރީ ސްކޫލުތަކުގައި މިއަދު ގެންދަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އިިތުރުވެ ކުޑަކުދިން ކުށުގެ ވެށީގައި އުޅޭ އަދަދު ވަނީ އިތުރުވެފަ އެވެ.