ލައިފްސްޓައިލް

ކަރަންޓު ކެނޑުނު ވަގުތު ކައިވެނިވީ އެހެން މީހަކާ

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ އުއްޖައިންގައި ދާދިފަހުން ކުރި އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންގެ ކައިވެނީގައި ވަރަށް މަޖާ ކަމެއް ހިނގައިފި އެވެ. މި ދެ އަންހެންކުދިންގެ ކައިވެނި އެއް ތަނެއްގައި އެއް ވަގުތެއްގައި ކުރުމުގެ އިންތިޒާމުތައް އޮތީ ހަމަޖެހިފަ އެވެ. ކައިވެނި ކުރީ ރޭގަނޑު ކަމަށް ވާތީ ކުއްލިއަކަށް ކަރަންޓު ގޮސް މުޅި ތަނަށް އަނދިރިކަން ވެރިވުމުން ދެން ދިމާވި ސަބަބު ތަކާ ހެދި ދެ އަންހެންކުދިން އޮޅުނީ އެވެ.

ކަރަންޓު ކެނޑިފައި އަލުން ކަރަންޓް އައިއިރު އެއް ދެ އަންހެންކުދިން އެމީހުން ކައިވެނިކުރާ ފިރިހެނުން އޮޅުނީ އެވެ. އަދި އެމީހުންނަށް އިށީނދެވުނީ އެމީހުންގެ ކައިވެނި ކުރަން ހަމަޖެހިފައިވާ މީހާގެ ކައިރިއަކު ނޫނެވެ.

ދެ އަންހެންކުދިން ތިބީ މޫނު މަތީ ފޮތިއަޅާ ނިވާ ކޮށްގެންނެވެ. އަދި ކައިވެނީގެ ހެދުން ވެސް މުޅީން އެއްގޮތެވެ. އެހެންވެ އެއްވެސް މީހަކަށް މި ދެ ކުދިން އޮޅިފައި ތިބި ކަމެއް ނޭނގެ އެވެ.

އެންމެ ފަހުން ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް ފުރިހަމަކުރީ އަސްލު ކައިވެނި ކުރަން ހަމަޖެހިފައިވާ ދެ މީހުންގެ މެދަކު ނޫނެވެ. ދައްތަ ކައިވެނިކުރަން ހަމަޖެހިފައިވާ މީހާ އާ ކައިވެނި ކުރެވުނީ ކޮއްކޮ އަށެވެ. އަދި ކޮއްކޮ ކައިވެނިކުރަން އުޅުނު މީހާ އާ ކައިވެނިކުރެވުނީ ދައްތަ އަށެވެ.

ކައިވެނިކުރި ދެ އަންހެން ކުދިން ކަމަށްވާ ނިކީތީ އާއި ކަރިޝްމާ އަކީ ރަމޭޝްލާލް ރީލޮޓް ނަމަކަށް ކިޔާ މީހެއްގެ ދެ ދަރިންނެވެ. އެމީހުންގެ ތެރެއިން ނިކީތާ ކައިވެނިކުރަން އޮތީ ބޯލާ ރަމޭޝްވަރް އާއެވެ. ކަރިޝްމާ ކައިވެނިކުރަން އޮތީ ގަނޭޝް މޭވަޑާ އާއެވެ.

ކައިވެނިކުރެވުނީ ރަނގަޅު މީހާ އާ ނޫންކަން މި މީހުންނަށް ރޭކާލިއިރު ކައިވެނީގެ ހުރިހާ ކަމެއް ނިންމައި އަންހެން ކުއްޖާ ގޮވައިގެން ފިރިހެންކުއްޖާ އޭނާގެ ރަށަށް ހިނގައްޖެ އެވެ.

މިކަން އެނގުނީ ކައިވެނިކުރިތާ އެއް ދުވަސް ވީފަހުންނެވެ. އެހިސާބުން ދެ ފަރާތުގެ އާއިލާގެ މީހުން ރުޅިއައިސް ބަހުގެ ހަމަލަތައް ބަދަލުކުރި އެވެ. އެންމެ ފަހުން އެމީހުން އެންމެން އެއްބަސްވީ އެމީހަކު ކައިވެނިކުރަން ކުރިއްސުރެ ހަމަޖެހިފައިވާ މީހާ އާ އަލުން ބަލުން ކައިވެނި ކޮށްދޭށެވެ.