އަލިފުށި

އަލިފުށީގައި ޓިވެޓް ސެންޓަރެއް އަޅަން ހަވާލުކޮށްފި

May 11, 2022

ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ މަސައްކަތް ކުންްފުންޏަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކުރީ ވީ އަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ މަސައްކަތް އަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މިނިސްޓްރީން ބުނީ މި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާ އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭ ގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމުގައެވެ. ޓިވެޓް ސެންޓަރު އިމާރާތުގައި ތިން ފަންގިފިލާއަށް ވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި އެއް ފަންގިފިލާގެ ބޯޓްޔާޑަކާއި ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކަކާއި ދެ ފަންގިފިލާގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

މިތަނުގައި އެއްފަހަރާ 150 ދަރިވަރުންނަށް ކިޔަވައިދެވޭނެ އެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގައި 58 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ.