އަލިފުށި

އަލިފުށީގައި ޓިވެޓް ސެންޓަރު އަޅަން ބިން ހަވާލުކޮށްފި

Jun 30, 2022

ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ މަސައްކަތް އެޅުމަށް ހަމަޖެހިފައިވާ ބިން އެ މަސައްކަތް ކުރުމަށް އެވޯޑްކޮށްފައިވާ ކުންްފުންޏާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ކުރުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ހަވާލުކުރީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

ޓިވެޓް ސެންޓަރުގެ މަސައްކަތް ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

އެ ކުންފުންޏަށް މިއަދު ބިން ހަވާލުކުރީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާއި އަލިފުށި ކައުންސިލާ އެކުންފުނީގެ ކަމާ ގުޅޭ ޓީމު މިއަދު ބައްދަލުވުމަށްފަހު އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރަކީ އެ މިނިސްޓްރީން މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ ސެންޓަރެއް ކަމަށެވެ.

މިއިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާއި އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭ ގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމުގައެވެ.

ޓިވެޓް ސެންޓަރު އިމާރާތުގައި ތިން ފަންގިފިލާއަށްވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި އެއް ފަންގިފިލާގެ ބޯޓްޔާޑަކާއި ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކަކާއި ދެ ފަންގިފިލާގެ އެކްޓިވިޓީ އޭރިއާއެއް ހިމެނެ އެވެ.

މިތަނުގައި އެއްފަހަރާ 150 ދަރިވަރުންނަށް ކިޔަވައިދެވޭނެ އެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގައި 58 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ.