ސްރީލަންކާ

ލަންކާގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ލަންކާގައި ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާ ފެނިއްޖެ އެވެ. އެ މީހާ ފެނިފައިވަނީ ހޯދަމުންދާތާ ހަފްތާއެއް ފަހުންނެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ހޯދަމުން އަައީ އިބްރާހިމް އަލީ ނަމަކަށް ކިޔާ 62 އަހަރުގެ މީހެކެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އިބްރާހިމް އަލީ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނިފައިވަނީ ހޮސްޕިޓަލެއްގެ ތެރެއިން ކަމަށެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

އިބްރާހިމް އަލީގެ އާއިލާއިން ބުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މިސްކިތަށް ނިކުތް ގޮތަށް އޭނާގެ ހަބަރެއް ނުވީ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ލަންކާގެ ފުލުހުންވެސް ވަނީ ކޮށްފައެވެ. ފޮރިން މިނިސްޓްރީން ވަނީ އިބްރާހިމް ހޯދުމުގެ ގޮތުން ލަންކާގެ ކަމާބެހޭ އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.