ދުނިޔެ

"އަލްޖަޒީރާ ނޫސްވެރިޔާ މަރާލި ސަބަބު ބަލަންޖެހޭ"

އިޒްރޭލުން ފޭރިގެންފައި އޮތް ފަލަސްތީންގެ ހުޅަނގު އައްސޭރީގައި އަލްޖަޒީރާ ނޫސްވެރިޔާ ޝީރީން އަބޫ އަގްލީހް މަރާލަން ޖެހުނީ ކޮން ސަބަބެއް އޮވެގެންތޯ އިޒްރޭލުން ބުނެދޭން ޖެހޭ ކަމަށް އެމެރިކާއިން އިޒްރޭލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓޮމް ނައިޑްސް ވިދާޅުވެއްޖެ އެވެ.

ޓޮމް ނައިޑްސް ވިދާޅުވި ގޮތުގައި ޝީރީން މަރާލި ސަބަބު ތަހުގީގަކުން ހޯދައި ބަލަން އެމެރިކާއިން ބާރު އަޅާނެ އެވެ. އޭނާ އަދި ވިދާޅުވީ ނޫސްވެރިންނަށް ހަމަލާދީ އަނިޔާކޮށް ޖާނު ގެއްލުވާލުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

ޝީރީން މަރާލީ ޖެނިންގައި ޔަހޫދީ ސިފައިންގެ އަނިޔާވެރިކަން ކަވަރުކުރުމުގައި އުޅެނިކޮށެވެ. އޭނާގެ އިތުރުން އަދި އިތުރު އެހެން ނޫސްވެރިއަކަށް ވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ވަރަށް އަނިޔާވެފަ އެވެ.

އަލްޖަޒީރާ ޓީވީން ބުނި ގޮތުގައި އިޒްރޭލު ސިފައިން ޝީރީން މަރާލީ ހަމަ ގަސްދުގަ އެވެ. އެއީ ބޯގުޑާފައި ތިބަ އަނިޔާވެރި ޔަހޫދީ ސިފައިންގެ އަނިވާވެރިކަން ދުނިޔެއަށް ފާޅުވާލެއް ބޮޑުކަމުން ކުރާނެ ކަމެއް ނެތިގެން ކުރި ކަމެއް ކަމަށެވެ.

އަނިޔާވެރި ޔަހޫދީ ސިފައިން ދެކޭ ގޮތުގައި ފަލަސްތީން ރައްޔިތުންނަކީ ޓެރަރިސްޓުންނެވެ. ފަލަސްތީން މީހުން ވަޒަންވެރިވެ އުޅެނީ ޔަހޫދީންގެ ބިމެއްގަ އެވެ.

ޔަހޫދީ މުޑުދާރު ކާފަރުން ގަބޫލުކުރާ ގޮތުގައި މާތް الله ޚަލްގު ކުރެއްވި އެންމެ މާތް ބަޔަކީ އެއީ އެވެ. އެހެންކަމުން ފަލަސްތީން މީހުން މެރުމަކީ އެމީހުންނަށް ލިބިފައި އޮތް ހައްގެކެވެ.

އަރަބި ގައުމުތަކުން ޝީރީންގެ އާއިލާއަށް ގައުޒިއާ ފޮނުވައި ހާދިސާ ތަހުގީކުރަން އިޒްރޭލަށް ވަނީ ގޮވާލާފަ އެވެ. އިނގިރޭސިވިލާތާއި ޔޫރަޕުން ވެސް ވަނީ ޝީރީން މަރާލުން ވަރަށް ބޮޑަށް ކުށްވެރިކޮށް އަދި މިނިވަން ތަހުގީތަކަށް ބާރުއަޅާނެ ކަމަށް ބުނެފަ އެވެ.