މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގް މައްސަލައެއްގެ ޓިކްޓޮކް ރޫމީ ހައްޔަރުކޮށްފި

May 12, 2022

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ގުޅިގެން ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ ދެމަފިރިން ދިރިއުޅޭ ހ. ބްލޫ ބްރިޖް އިންނެވެ. އެގެއިން އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ އެކު ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެގެއިން ފެނުނީ ކިހާ ވަރެއްގެ މަސްތުވާތަކެތި ކަމެއް ސާފެއް ނުވެ އެވެ.

ޓިކްޓިކް ކުޅެގެން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ރޫމީއަށް 25،000 އަށްވުރެ ގިނަ މީހުން ޓިކްޓޮކުން ފޮލޯ ކުރެ އެވެ.