ގޫގްލް

ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަސް

May 12, 2022

ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަސް އިތުރުކޮށްފި އެވެ.

ގޫގުލް އައި/އޯގައި ތަރުޖަމާ ކުރެވޭ ބަސްތަކުގެ ތެރެއަށް އަލަށް 24 ބަސް އިތުރުކުރިއިރު ދިވެހި ބަސް ވެސް އޭގެތެރޭގައި ހިމެނެ އެވެ.

ގޫގުލް ޓްރާންސްލޭޓުން މަސައްކަތް ކުރަމުން އަންނަނީ އާންމުކޮށް ހިދުމަތް ނުލިބޭ ތަންތަނުގެ ބަސްތައް އިތުރުކުރަން ކަމަށް އެކުންފުނިން ބުނެ އެވެ.

ގޫގުލް އިން ބުނާ ގޮތުގައި އައި/އޯ އިތުރުވުމާ ގުޅިގެން ގޫގުލް ޓްރާންސްލޭޓުން މިހާރު ސަޕޯޓްކުރާ ބަހުގެ ޖުމްލަ އަދަދު ވަނީ 133 އަށް އަރާފަ އެވެ.

ގޫގުލް އިން ގޫގުލް ޓްރާންސްލެޓް ފުޅާކުރުމާއެކު، އިންޑިއާ އާއި އޭޝިއާގެ ސަރަހައްދުތަކުގެ ބައެއް ބަސްތައް ވެސް ޓްރާންސްލޭޓަރަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން ދިވެހި ބަހުގެ އިތުރުން އައްސާމީ، ބޮޖްޕޫރީ، ޑޮގްރީ، ކޮންކާނީ، މައިތިލީ، މެއިޓެއިލޮން، އަދި މިޒޯ ބަސް ހިމެނެ އެވެ.

ބައެއް ބަސްތައް ދިވެހި ބަހަށް ތަރުޖަމާ ކުރެވިގެން ދިޔަ ނަމަވެސް ކުދިކުދި އިމްލާ ކުށްތަކާއި ބައެއް ބަސްތައް އެތުރިފައި ހުންނަ ގޮތް ކުޑަކޮށް ތަފާތެވެ. އެކަމަކު ބޮޑުބައި ރަގަޅަށް ތަރުޖަމާ ކުރެ އެވެ.

ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަސް އިތުރުވުމާ ގުޅިގެން އެންމެ ފަސޭހަ ވާނީ ކިޔަވާ ދަރިވަރުންނަށް ކަމަށް ސޯޝަލް މީޑިއާގައި ގިނަ ޔަބަކު އަންނަނީ ބުނަމުންނެވެ. އަދި އެއްޗެތި ތަރުޖަމާ ކުރުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.