ރޯދަ މަހަށްފަހު އަނެއްކާވެސް ގިނަ ބަޔަކު މިވަނީ ކަސްރަތުގެ ތެރެއަށް ނުކުންނަން ފަށާފަ އެވެ. ނަމަވެސް މިގޮތަށް ނުކުންނަން ފެށިއިރު ގިނަ ބައެއްގެ ސުވާލަކީ މިހާރު އެންމެ ރަނގަޅު ޖިމަކީ ކޮބައި ހެއްޔެވެ؟ އެންމެ ތަނަވަސް އެއް ތަނަކީ ކޮބައި ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބު ދެނީ ހެމަ ޖިމްގެ ފަރާތުންނެވެ.
އެ ޖިމް މިވަނީ ރޯދަ އަށްފަހު ބަދަލެއް ގެނެސްފަ އެވެ. މިހާރު ގެނެސްފައިވާ ބަދަލީ ކޮބައި ހެއްޔެވެ؟
ހެމަ ޖިމްގެ ވެރިޔާ އަހްމަދު މުއާޒް ވިދާޅުވި ގޮތުގައި ރޯދަ އަށްފަހު އަލުން ހުޅުވިއިރު ޖާގަތަނަސް ކޮށްފައިވާނެ އެވެ. ސްކޫލް ކުދިންނަށް ހާއްސަ ޕެކޭޖުތައް ވެސް ތައާރަފްކޮށްފައިވެ އެވެ.
"ސްޓޭޑެންޓް ޕެކޭޖު ވެސް މިހާރު ހުންނާނެ. އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ ޒުވާނުން ކަސްރަތުގެ ތެރެއަށް ނެރުން. ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ބާރު އެޅުން. އެކަމަށްޓަކައި މި ފުރުސަތު ފަހިކޮށްދެނީ،" މުއާ ވިދާޅުވި އެވެ.
ހެމާ އިން މީގެ ކުރިން ވަނީ ކަސްރަތުގެ ތެރެއަށް އެތަށް ޒުވާން މޫނުތަކެއް ނެރެފަ އެވެ. އެފަދަ މޫނުތައް މިހާރު ދަނީ ބޮޑީ ބިލްޑިން ފަދަ ކުޅިވަރުގައި މަތީފަންތީގައި ފިޔަޖަހަމުންނެވެ. މި ޒުވާނުންނަކީ މިއަދު ގައުމަށް ރީތި ނަން ހޯދައިދޭ ގައުމީ ފެންވަރުގެ އެތްލީޓުންނެވެ.
މުއާ ވިދާޅުވި ގޮތުގައި ހެމާއަކީ ދެ ޖިންސުގެ ޒުވާނުންނަށް ވެސް މަރުހަބާ ކިޔާނެ ތަނެކެވެ.
"އަންހެން ބޭފުޅުންގެ ގިނަ ބަޔަކު މިހާރު ވެސް ޖިމަށް އާދެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ޖާގަ ތަނަވަސްވުމުން އަންހެން ބޭފުޅުންނަށް ވެސް ފަސޭހަ ވެގެންދާނެ،" މުއާ ވިދާޅުވި އެވެ.