ވާލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަށް ދައުވަތު އަރުވައިފި އެވެ. އެ ދައުވަތު އެމަނިކުފާނަށް އެރުވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު ހަސަން އަލް ހަމާދީ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު ހަސަން އަލް ހަމާދީ މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވަނީ އުރީދޫ އިން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވަނީ ވާލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު އަރުވާފައެވެ. އަދި ވާލްޑްކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅައެއް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ.