އެމްޑީޕީ

ހުރިހާ މެމްބަރުން ނުކުމެ ވޯޓުލާން ކެންޑިޑޭޓުން ގޮވާލައްވައިފި

May 14, 2022

އެމްޑީޕީގެ ހުރިހާ މެމްބަރުން ނިކުމެ ވޯޓުލުމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމައްލައްވާ ދެ ކެންޑިޑޭޓުން ގޮވާލައްވައިފި އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ. އިންތިހާބުގެ ވޯޓުލުން މިއަދު 9:00 ގައި ފަށައިފައިވާއިރު، ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މިނިސްޓަރު ފައްޔާޒް ގޮވައިލައްވާފައި ވަނީ އާ ބާރަކާއެކު ޕާޓީގެ ހުރިހާ މެމްބަރުން ނިކުމެ ވޯޓުލުމަށެވެ.

"އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ، ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން،" ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އިމްތިޔާޒު ވިދާޅުވެފައި ވަނީ އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް ހުރިހާ މެމްބަރުން ނިކުމެ ވޯޓު ލުމަށެވެ.

"މިއީ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ ދުވަހުގެ، ވަރަށް ގިނަ މަސައްކަތާ ގުރުބާރީން ނަގާ ކޮޅަށްޖެހުނު އިސްލާހީ ހަރަކާތެއް،" އިންތިގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރާނެ އެވެ.

ޗެއާޕާސަން ހޮވުމަށް 94،211 މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބޭއިރު އަންހެނުންގެ ރޫހުގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ޔޫތު ވިންގަށް ބޭފުޅުން ހޮވުމަށް 32،057 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.