ފައްޔާޒް އިސްމާއީލް

ވޯޓް ގުނަނީ، ފައްޔާޒްގެ ޓީމުން ކާމިޔާބު އިއުލާނުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބުތަކުގައި ނަތީޖާ އިއުލާނު ކުރަމުންދާއިރު މިހާތަނަަށް ސާފު ކުރެވުނު ނަތީޖާއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފައްޔަ) ކުރި ހޯއްދަވާފައި ވަނިކޮށް ފައްޔަގެ ކެމްޕެއިން ޓީމުން އިންތިހާބުގެ ކާމިޔާބީ އިއުލާނު ކޮށްފި އެވެ.

މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު 140 ވުރެ ވޯޓްފޮށީގެ ނަތީޖާ ވަނީ އިއުލާނު ކޮށްފައެވެ. ގިނަ ވޯޓް ފޮށިތަކުން ކުރި ހޯއްދެވީ ފައްޔާޒެވެ. އެ ވޯޓްފޮށިތަކުން ފައްޔާޒް ވަނީ 20،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިފައިވަނީ 14،000 ވުރެ ގިނަ ވޯޓް ލިބިފައިވެއެވެ.

ފައްޔާޒްގެ ކެމްޕެއިން ތަރުޖަމާން އިބްރާހިމް ވަހީދު ދެންމެ ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކާމިޔާބު އިއުލާނު ކުރައްވާފައެވެ. އަދި "ހިންގާލަން" ކެމްޕެއިން ޓީމުގެ މެންބަރުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައިވެއެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ހޯއްދަވާފައިވެއެވެ. އިމްތިޔާޒް ފަހްމީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށުން ފައްޔާޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންވެސް ޖެހުނެވެ.
އިންތިހާބު ކުރިޔަށް ދަމުންދިޔައިރު އިންތިހާބުގެ ސައްހަ ކަމާމެދު އިންތިގެ ކެމްޕެއިން ޓީމުން ސުވާލު ވެސް އުފެއްދިއެވެ. އެގޮތުން އިންތިހާބުގެ އިންތިހާބުގެ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވުމުން ހަތަރު ވޯޓް ފޮއްޓަކަށް ވޯޓްލުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެ ޓީމުން އެދިފައިވެއެވެ.