އެޑްވަޓޯރިއަލް

ވިލާ ރޫފިންގް: ރޫފީންގްގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު

May 26, 2022

އަލިފާން ރޯވެގެން، ވައިގަދަވެ، ވިއްސާރަވެ، ނުވަތަ އެނޫން ވެސް ގަދަ މޫސުމެއްގައި ހަލާކުވެފައިވާ ފުރާޅެއް ރަނގަޅު ކުރަން ޖެހޭ ވަގުތެއް އައިސް ދާނެ އެވެ. ގިނަ ފަހަރަށް މަރާމާތު ކުރަން ނުވަތަ ބަދަލު ކުރަން ޖެހޭ ކަމުގެ އިޝާރާތެއް ލިބެނީ ސީލިންގުން ތިކި ޖަހަންފެށުމުންނެވެ. އެފަދަ ކަންކަން ހައްލު ކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހިދާނެ އެވެ.

މިކަންކަމަށް ވިލާ ރޫފިންގް ޝީޓް ހައްލު ހޯދައިދޭނެ އެވެ. ވިލާ ރޫފިން ޝީޓްތަކަކީ އާންމު ފުރާޅު ޝީޓްތަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާ އެއްޗެއްކަން ޔަގީނެވެ. މިއީ ހޮޓް ރޯލް-ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާފައިވާ އެއްޗެކެވެ. ވިލާ ފެކްޓްރީގައި ހުރި އެންމެ ޒަމާނީ މެޝިންތަކާއެކު ޕޯޓްފޯލިއޯގައި ހުރި ކޮންމެ އުފެއްދުމަކަށް، ކަސްޓަމަރު ޑިމާންޑްކުރާ ކޮންމެ ދިގުމިނަކަށް މި ޝީޓްތައް ކަސްޓަމައިޒް ކުރެވޭނެ އެވެ.

މި ޕްރޮޑަކްޓުގެ އެންމެ ހާއްސަ ކަމަކީ ކަސްޓަމަރުންނަށް ހާއްސަ އުފެއްދުމަކަށްވުމެވެ. ކަސްޓަމް ޑިޒައިންކޮށް ސައިޒްކޮށް އަޅުގަނޑުމެންގެ ސޮލިއުޝަންތަކުން ތިޔަބޭފުޅުންގެ ސީދާ ގޭގެ ޖާގަ ތަނަވަސް ކުރުމަށް ގޭގެ އަގު އިތުރުކުރުމަށް މި އުފެއްދުން ބޭނުން ކުރެވޭނެ އެވެ. ކަސްޓަމަރު ބޭނުން ސައިޒަކަށް ބުރިކޮށްދީ ދޯންޏާ ހަމައަށް ޑެލިވަވެސް ކޮށްދޭނެ އެވެ. ނޫނީ ތިލަފުށީ ފެކްޓްރީއަށް ގޮސް މި އުފެއްދުން ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އޮންނާނެ އެވެ.

އެހެންވެ މި އުފެއްދުން މިއަދު ވެފައިވަނީ ގެންގުޅޭ މި ގިނަ ބަޔަކަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށެވެ.

ވިލާ ރޫފިން ވިއްކާ ރޫޝްދީ ކޮންސްޓްރަކްޝަން އިން ވާހަކަ ދެއްކި އިސް ވެރިއަކު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ ކޮލިޓީ ޓިނު ކަމަށް ބުނެވިދާނެ އެވެ.

"ވިލާގެ ތަންތަނުގައި މި ހުންނަތާ ވަރަށް ދުވަސް ވެއްޖެ. ދުވަހަކު ވެސް ދަބަރު ޖަހައިގެން ނޫނީ އެހެން ކަމެއް ވެގެން ޝަކުވާއެއް ނެތް. އަޅުގަނޑު މި ވިއްކާއިރު ވެސް ކަސްޓަމަރުންގެ ޑިމާންޑް ބޮޑު. ހަމަ ވަރަށް ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.

މި އުފެއްދުން އަމިއްލަ ބޮޑެތި ކުންފުނިތަކުގެ އިތުރުން އަމިއްލަ ގިނަ ފަރުދުން ބޭނުން ކުރެ އެވެ. މިފަދަ އެއް ކުންފުންޏަކީ ދިއްގަރު، ސިކްސް ނިރު އިންވެސްޓްމަންޓް ކުންފުންޏެވެ.

އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ އަބްދުﷲ އާރިފު ވިދާޅުވި ގޮތުގައި ދިއްގަރު ސްކޫލް ފުރާޅާއި ރަށުގެ ބައެއް ގޭގޭވެސް މި އުފެއްދުން ބޭނުން ކުރެ އެވެ. އަދި މިއީ ވަރަށް ހިތްގައިމު އުފެއްދުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"ޓިނު ޖަހާލާފައި ހުންނައިރު ވެސް ވަރަށް ނަލަ. ރީތި. މީގެ ކުލަ ކޯޓިން ވެސް ވަރަށް ފުރިހަމަ. އަނެއްކާ ވަރަށް ކޮލިޓީ ހަގީގަތުގައި މި ޓިނު. އަގުގެ ގޮތުން ބެލިނަމަވެސް ހެޔޮ،" އާރިފް ވިދާޅުވި އެވެ.

"އަނެއްކާ ވިލާއާއެކު މަސައްކަތް ކޮށްލަންވެސް ވަރަށް ފަސޭހަ. މިއީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ،" އޭނާ ވިދާޅުވި އެވެ.

ވިލާ ހަކަތާ ޕްރައިވެޓް ލިމިޓެޑަކީ އިތުބާރު ލިބިފައިވާ ބައެކެވެ. ވިލާ ހަކަތައަކީ ކޮންސްޓްރަކްޝަންސް މެޓީރިއަލްސް ސަޕްލައި ކުރާ ދާއިރާގެ ޕަވާހައުސްއެއްގެ އިތުރުން ރާއްޖޭގައި ފުރާޅު މެޓީރިއަލްސް ސަޕްލައި ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ލީޑަރަކަށް ވެފައިވާ ކުންފުންޏެކެވެ. 20 އަހަރުގެ ލެގަސީއަކާއެކު އެތަނަކީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ވިލާ ހަކަތައިން މަސައްކަތް ކުރަނީ އިތުބާރާއި އެކީ ވާދަވެރިކަމެއް ނެތި ރަގަޅު ހިދުމަތެއް ދިނުމަށެވެ. މި ފަލްސަފާއަކީ ކުންފުނީގެ ބިންގަލުގައި ވަރަށް ބޮޑަށް ބިންވަޅު ނެގިފައިވާ ފަލްސަފާއެއް ކަމަށާއި، މި ފަލްސަފާއަކީ ކުންފުނީގެ ހުރިހާ އޮޕަރޭޝަންތަކެއްގައި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ފަލްސަފާއެކެވެ. ކުންފުންޏަކީ ރާއްޖޭގެ އެންމެ ޑައިނަމިކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އަދި މިގޮތުން ވިލާ ހަކަތަ ވަރަށް ބޮޑަށް ހާއްސަވެފައިވަނީ، ޑައިނަމިކް އަދި ގޮންޖެހުން ބޮޑު ވިޔަފާރީގެ މާހައުލެއްގައި، ކޮންސްޓްރަކްޝަން ކްލައިންޓޭލްއަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.