ރައީސް އަބްދުﷲ ޔާމީން

ޣައްދާރުންތަކެއް ވެރިކަން ފަސާދަކޮށްފި: ޔާމީން

May 15, 2022
8

"ޣައްދާރުންތަކެއް" ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފަސާދަ ކުރަމުންދާ ކަމަށް އިދިކޮޅު ލީޑަރު އަދިި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީިިިިިޕީގެ އެތެރޭގެ އިންތިހާބު އިއްޔެ ނިމި މަގާމުތައް ހޯއްދެވި ބޭފުޅުން ޔަގީންވެފައި ވަނިކޮށެވެ.

ރައީސް ޔާމީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ވައްކަންކުރާ ބަޔަކާއި ޣައްދާރުންތަކެއް ވެރިކަމުގެ ނިޒާމު ފަސާދަކޮށް ބަދަލުކުރަމުންދާ ކަމަށެވެ.

ސަރުކާރުގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން ރައީސް ޔާމީން ސިފަ ކުރެއްވީ ބުނިހާ ގޮތެއް ހައްދަވާ ގޮނޑިކޮއްކޮ ބައެއްގެ ގޮތުގަ އެވެ. އަދި އެބޭފުޅުންގެ ވެރިޔަކަށް ހުންނެވި ބޭފުޅެއްގެ ކިބައިން ސަލާމަތްވުމަށް ކުރައްވާ ކަންކަމުގެ އެފަދަ ކޮންމެ ބޭފުޅަކު ބޮނޑިބޮނމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިމަހުގެ ހަތަރުވަނަ ދުވަހު ރަސްމީކޮށް ޓްވީޓާ ބޭނުންކުރައްވަން ފެއްޓެވިފަހުން އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުހެން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ޓްވިޓާ އެކައުންޓް މިދިޔަ ހުކުރު ދުވަހު ވެރިފައިކޮށްފައިވާއިރު 7،724 މީހުން މިހާތަނަށް އެމަނިކުފާނުގެ އެކައުންޓް ފޮލޯ ކުރެ އެވެ.