އެމްޑީޕީ

ނަތީޖާ ގަބޫލުކޮށް ސަފާތު، ރޮޒައިނާއަށް މަރުހަބާ ވިދާޅުވެއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް އިންތިހާބުވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް، އެ މަގާމަށް ވާދަކުރެއްވި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ސަފާއަތު އަހުމަދު ޒާހިރު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ ސަފާތު ވިދާޅުވީ އުންމީދު ކުރެވުނު ނަތީޖާ ލިބިވަޑައިނުގެން ކަމަށެވެ. ނަމަވެސް އެކުގައި ކުރެވުނު މަސައްކަތުން ނެރެވިފައިވާ ނަތީޖާއާމެދު ފަހުރުވެރިވާ ކަމަށެވެ. އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް އިންތިހާބުވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަރުހަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގަތެވެ.

އަދި އަންހެނުން ބާރުވެރިކުރުވާ ފުރުސަތުތައް ހޯދާ ދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

އިއްޔެގެ އިންތިހާބުގައި ރޮޒައިނާއަށް 6،678 ވޯޓް ލިބުނެވެ. އެއީ ވޯޓްދިން މީހުންގެ 55 ޕަސެންޓް ވޯޓެވެ. ސަފާތަށް ލިބިފައިވަނީ 5،401 ވޯޓެވެ. އެއީ 45 ޕަސެންޓް ވޯޓެވެ.

މި ފަހަރުގެ އިންތިހާބުގައި ރޮޒައިނާ ކެމްޕެއިން ކުރެއްވީ ފައްޔާޒްގެ "ހިންގާލަން" ޓީމާއެކުގައެވެ. އިންތިހާބު ކާމިޔާބު ކުރެއްވީވެސް އޭނާއެވެ. ރޮޒައިނާއަށް އަމާޒުކުރައްވާވެސް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ވަނީ އެކި ތުހުމަތުތައް ކުރައްވާފައެވެ. އެ ތުހުމަތުތަކަށް ރޮޒައިނާ ވަރުގަދައަށް ރައްދު ދެއްވިއެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތާއީދު އޮތީ ޝަފާތަށެވެ. ނަމަވެސް ޝަފާތުގެ ކެމްޕެއިން ހިންގެވީ ވަކީން އަމިއްލައަށެވެ.