މަސްތުވާތަކެތި

ރޫމީގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު

May 15, 2022
2

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާއިރު އެ ދެ މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ ދެމަފިރިން ދިރިއުޅޭ ހ. ބްލޫ ބްރިޖް އިންނެވެ. އެގެއިން އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ އެކު ކަމަށް ފުލުހުން ވަނީ ކޯޓްގައި ބުނެފައެވެ.

އަދި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށާ އެ ތަކެތި ވިއްކާ ކަމުގެ ތުހުމަތުވެސް ކުރެއެވެ. ރޫމީ އާއި އޭނާގެ ފިރިމީހާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ފުލުހުން ބުނަނީ އެއީ ދޫކޮށްލައިފިނަމަ ނުރައްކާ އޮތުމުން ކަމަށް ބުނެ އެވެ.

ކޯޓުން އެންމެ ފުރަތަމަ އެ ދެ މީހުންގެ ބަންދަށް ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިތުރު ހަތް ދުވަހުގެ މުއްދަތެއް މިހާރު ވަނީ ދީފައެވެ.

ޓިކްޓިކް ކުޅެގެން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ރޫމީއަށް 25،000 އަށްވުރެ ގިނަ މީހުން ޓިކްޓޮކުން ފޮލޯ ކުރެ އެވެ.