ޓްރައިފެކްޓާ ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.
ރާއްޖޭގައި މިއަހަރު ޓްރައިފެކްޓާ ބޭއްވުމަށް ނިންމާފައި މިވަނީ ކޮވިޑް 19އާއި ގުޅިގެން މި މުބާރާތް ނުބާއްވާތާ ތިން އަހަރު ފަހުންނެވެ.
ދެ ގިންތި -- އެލައިޓް އަދި އޭޖު ގުރޫޕަށް ހުޅުވާލައިގެން ޓްރައިފެކްޓާ މިއަހަރު ބާއްވަން ތާވަލްކޮށްފައިވަނީ ނޮވެމްބަރު 9-12 އަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ ޓްރައިފެކްޓާ ރާއްޖޭގައި ބޭއްވުމަކީ ކުޅިވަރުގެ މުހިއްމު މަންޒިލަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ވެސް މުހިއްމު ހަރަކާތެއް ކަމަށެވެ.
ޓްރައިފެކްޓާގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު މައުސޫމް ދެއްވާފައިވެ އެވެ.
ސިންގަޕޫރުގެ އޮރެންޖު ރޫމް ކުންފުނިން ކުރިއަށް ގެންދާ ޓްރައިފެކްޓާ ވޯލްޑް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނީ 2018 ވަނަ އަހަރު ޗައިނާގަ އެވެ.