ކަސްރަތު

ހަށިގަނޑުގެ މަސްތައް އިރައިންދަނީ ކީއްވެ؟

ކަސްރަތު ކުރަން ފަށާއިރު ވިސްނާ ނުލައި އެއްފަހަރާ އެތައްބައިވަރު ކަމެއް ކުރެއެވެ. ރައްޓެއްސަކު ބުނެގެން ހިނގަން ނޫނީ ދުވަން ނުކުންނައިރު ހަފުތާއަކު އެންމެ ރެއެއްވެސް ވައްޓާނުލާ ކަސްރަތައް ނުކުންނަން ބޭނުންވާ މީހުން ވެސް ތިބެއެވެ. އެމީހުން ދެކޭ ގޮތުގައި ހަށިގަނޑަށް ބެނުންވާ ބުންވަރާއި ފަންވަރު ހުންނާނީ އޭރުންނެވެ. ލިބޭނެ ގެއްލުންތަކަށް ވިސްނާލަނީ މަދުބައެކެވެ.

މަސްގަނޑު އިރައިގެން ގޮސްގެން އޮޕެރޭޝަން ކުރަން ޖޭހޭ މީހުން އުޅެ އެވެ. އަދި އެއީ ކީއްވެގެންވާ ކަމެއްތޯ ސުވާލު އުފެދެެ އެވެ.
މަސްގަޑު އިރައިގެން ދިއުމަކީ ކޮންމެ ވަގުތެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. އެހެން ކަންތައް ދިމާވަނީ ކުރަންވާ މަސައްކަތް ކުރަންވާ ވަރަށް ވުރެ އިތުރަށް ކުރުމުންނާއި ހަށިގަނޑުގައި ނެތްހިތްވަރު ދައްކަން ހަދައިގެނެވެ.

އުފުލާ އެެއްޗެއްގެ ސަބަބުން މަސްގަނޑު އިރައިގެން ހިނގައިދާނެ އެވެ. ނަމަވެސް އެއީ އެއްދުވަހަކުން ނޫނީ ހަފުތާއަކުން ވާނެ ކަމެެއް ނޫނެވެ. ކުރިން ކޮށްފަ ހުރި މަސައްކަަތްތަކުންނާއި އާންމުކޮށް ރެސްޓެއް ނުނަގާ ހިނގާށާއި ދުވަން އަދި މޫދު ކަސްރަތު ކުރާ މީހުން ވެސް ގައިގެ މަސްގަނޑު އިރައިންގޮސްގެން ބޭސް ކުރަންޖެހެ އެވެ. ގޭތެރޭ ގަސް ހައްދާ މީހުންނަށް ވެސް މިގޮށް މެދުވެރިވާއިރު ދަނޑު ހައްދާ މީހުން އެކަމަށް ދޭންޖެހޭ ސަމާލުކަން އިތުރެވެ.

ގޭގައި ގަސް އިންދައިން ހައްދާ އެ ވިއްކާ މީހެންނަމަ ކޮންމެ ދުވަހަކު ޕޮޓްތައް އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގެ ބަދަލުގައި ކޮންމެސް އެއްތަނެއްގައި ގިނަ ދުވަހު ބެހެއްޓުން މުހިންމެވެ. ކުދި ޕޮޓްތައް ވިޔަސް އެއްމަސައްކަތެއް އަބަދު ކުރާނަމަ އެކަމުން އަތުގައާއި އެކި ހުޅުތަކުގައި ރިއްސާފާނެ އެވެ. ކުޑަ ރިހުމަކުން ބޮޑު އޮޕެރޭޝަނަކަށް ބަދަލުވެގެން ދަނީ ވިސްނާނުލާ ތިއްބައެވެ. ޑޮކްޓަރަށް ދައްކާލުމުން އެނގެނީ މަސްގަނޑު އެތެރެއިން އިރައިން ގޮސްފަހުރި ކަމެވެ.

ޖިމަށް ދާ މީހުންގެ މެދުގައި ވެސް މިގޮތް މެދުވެރި ވެދާނެ އެވެ. އޮފީހުގައި ގިނައިރު އިށީނދެ އިނދެ މަސައްކަތް ކުރާ މިހުން އުނަގަނޑުގައި ރިއްސާތީ އުޅެ އެވެ.