ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަފްތާއެއް؛ ކޮވިޑަށް ޕޮޒިޓިވްވީ 77 މީހުން

މިދިޔަ ހަފްތާތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 77 މީހެއް ކަމަށް ހެލްތް ޕްރޮޓްކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ މެއި 8 އިން މެއި 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މި މުއްދަތުގައި ބަލި ޖެހުނު 77 މީހުންގެ ތެރެއިން 19 މީހުނަކީ އަތޮޅުތަކުން ބަލި ޖެހުނު މީހުންނެވެ. މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 28 މީހަކަށެވެ.

މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނަށް ބަލާއިރު އެނމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެއީ 8 މީހުންނެވެ. ގިނަ ދުވަސް ދުވަހު އަދަދު ހުރީ ފަހެއްގައެވެ.

އަތޮޅުތަކުން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު ހަތް މީހަކަށް ބަލި ޖެހުނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 179،560 މީހުންނެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ މަރުވެފައެވެ.