ރައީސް މުހައްމަދު ނަޝީދު

ގުރުއާނާ ހަދީސް ނޫން އެއްޗެއް ހޯދަން ނުބުނަން، ލާދީނީ ކިޔާތީ ވަަރަށް ހިތުގައި ޖެހޭ

"ލާދީނީ" ކިޔުން އެއީ ވަރަށް ބޮޑަށް ހިތުގައި ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލްގެ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުވާ ވާހަކަފުޅު ދައްކަވާފައެވެ. ހަރުކަށި ފިކުރުގެ މީހުންގެ ޓާގެޓަކަށް އެމަނިކުފާނު ވަނީ އެމަނިކުފާނާ ގުޅޭގޮތުން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެރަފުޅުވާ ކަމެއް އޮންނަ ކަމަށާ އެއީ އެމަނިކުފާނަށް ނިސްބަތްކޮށް "ލާދީނީ" ބޭފުޅެކޭ ވިދާޅުވުން ކަމަށެވެ. އެއީ ވަރަށް ބޮޑަށް ހިތުގައި ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެ ނޫނީ ހިތުގައި ޖެހޭ އެހެން އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް އަމާޒު ކުރެވޭ ބައެއް ފުރައްސާރައިގެ ބަސްތައް ވިދާޅުވެ އެ ބަސްތައް ބޭނުން ކުރެއްވިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ދެރަވާ ކަމެއް އޮވޭ. އަޅުގަނޑަކީ އަޅުގަނޑު އުމުރުން ހަތް އަހަރުގައި ހަތިމު ކުރި މީހެއް. އަޅުގަނޑަކީ ކަހަފު ސޫރަތް، ބަގަރާ ސޫރަތް، ޔާސީން ސޫރަތް އަޅުގަނޑުމެން ލައްވާ އަޅުގަނޑުމެންގެ އުމުރުން އުމުރުން ނުވަ، ދިހަ އަހަރުގައި ހިތުދަސް މީހުން. ދެން ހަމަ ކަނޑައެޅިގެން ނަމާދުކޮށް ރޯދަ ހިފާ އުޅޭ ސޯލިހް މުސްލިމުން. އަޅުގަނޑުމެންނާއި ދިމާލަށް ލާދީނީއޭ ބުނީމަ އެއީ ވަރަށް ހިތުގައި ޖެހޭ ކަމެއް. އެއީ ވަރަށް ހިތުގައި ޖެހޭ ކަމެއް. އެހެން އެތައް އެއްޗެއްސެއް ގޮވިޔަސް އަޅުގަނޑަށް ހެޔޮ. 'ގަންޖާބޯ'އޭ ގޮވިޔަސްވެސް ހެޔޮ. ކޮންމެ އެއްޗެކޭ ގޮވިޔަސްވެސް ހެޔޮ އެނގޭތޯ،" ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ދެރަވާ ކަމެއް އޮވޭ. އަޅުގަނޑަކީ އަޅުގަނޑު އުމުރުން ހަތް އަހަރުގައި ހަތިމު ކުރި މީހެއް. އަޅުގަނޑަކީ ކަހަފު ސޫރަތް، ބަގަރާ ސޫރަތް، ޔާސީން ސޫރަތް އަޅުގަނޑުމެން ލައްވާ އަޅުގަނޑުމެންގެ އުމުރުން އުމުރުން ނުވަ، ދިހަ އަހަރުގައި ހިތުދަސް މީހުން. ދެން ހަމަ ކަނޑައެޅިގެން ނަމާދުކޮށް ރޯދަ ހިފާ އުޅޭ ސޯލިހް މުސްލިމުން. އަޅުގަނޑުމެންނާއި ދިމާލަށް ލާދީނީއޭ ބުނީމަ އެއީ ވަރަށް ހިތުގައި ޖެހޭ ކަމެއް. އެއީ ވަރަށް ހިތުގައި ޖެހޭ ކަމެއް. އެހެން އެތައް އެއްޗެއްސެއް ގޮވިޔަސް އަޅުގަނޑަށް ހެޔޮ. 'ގަންޖާބޯ'އޭ ގޮވިޔަސްވެސް ހެޔޮ. ކޮންމެ އެއްޗެކޭ ގޮވިޔަސްވެސް ހެޔޮ އެނގޭތޯ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ނިސްބަތްކޮށް "ލާދީނީ" އެ ނަން ބޭނުން ކުރާތީ އެމަނިކުފާނުގެ މައިންބަފައިންވެސް ވަރަށް ބޮޑަށް ދެރަފުޅުވާ ކަމަށެވެ. އަދި މާމަ އާއި ކާފަ ދުނިޔޭގައި ހުންނެވި ނަމަ އެ ބޭފުޅުން ދެރަފުޅުވެގެން ހަދާނެ ގޮތްވެސް ހުސްވާނެ ކަމަށެވެ.

އެމަނިކުފާނަށް ނިސްބަތްކޮށް އެފަދަ ވާހަކަތައް މީހުން ދައްކަނީ ސިޔާސީ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަރުބިއްޔަތު ކޮށްފައި ހުރި ގޮތާއި ބޮޑެތި ކޮށްފައި ހުރި ގޮތާއި އެހެން ދެކޭ އިރުގައި އެއީ އަޅުގަނޑު ވަރަށް ދެރަވާ ކަމެއް. އަޅުގަނޑަށް އެނގޭ އަޅުގަނޑު މަންމަވެސް އަޅުގަނޑު ބައްޕަވެސް އެކަމާ އެހާ ދެރަވާނެ ކަން. އަދި އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ކާފާއިންނާއި މާމައިން ތިބި ނަމަ އެމީހުންވެސް ހަދާނެ އެތި ހުސްވާނެކަން. އަޅުގަނޑު ހިތުން އަޅުގަނޑުގެ ސިޔާސީ ވާދަވެރިންނަށް އެނގޭ އަޅުގަނޑަކީވެސް ކާކުކަން އަދި ކިހިނެތް ބޮޑެތިވެފައި ތިބި ބައެއްކަން. އެހެންވީމަ ތަދުވާ ތަނުގައި ޖަހަނީ،" ނަޝީދު ވިދާޅުވިއެވެ.

މިސާލަކަށް އެބަ ދައްކަވާ އަޅުގަނޑު ބުންޏޭ ގުރުއާނާ ހަދީސާ ނޫން އެހެން އެއްޗެއް ހޯދަން... ނޫން، ދުވަހަކުވެސް އެ ބާވަތުގެ ވާހަކައެއް ނޫން ދެއްކީކީއެއް. އަޅުގަނޑަކީ ދުވަހަކުވެސް އެ ބާވަތުގެ ވާހަކައެއް ދެއްކި މީހެއް ނޫން. އަޅުގަނޑު ދެއްކި ވާހަކަތަކުގެ މާނަ އޮޅުވާލާ މި ގޮތްގޮތުން ސިޔާސީ ފައިދާ ހޯދުމަށް އެ ބޭފުޅުން ހިންގަވަމުން ގެންދެވި މަސައްކަތްތަކެއްގެ ސަބަބުން އަޅުގަނޑު ދެކޭ ގޮތުގައި އަނިޔާވެސް ވަރަށް ބޮޑަށް ރައްދުވެފައި މި ހުރީ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ގުރުއާނާ ހަދީސް ނޫން އެއްޗެއް ހޯދަން ޖެހޭ ކަަމަށް ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތައް ނަޝީދު ވަނީ ފުރަތަމަ ފަހަރަށް ދޮގު ކުރައްވާފައެވެ. އެމަނިކުފާނު އެ މޭރުމުން ވާހަކަ ދައްކަވާ ވީޑިއޯއެއްވެސް އާންމުވެފައިވާއިރު އެއީ އެމަނިކުފާނު ވިދާޅުވި ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ.

ގުރުއާނާ ހަދީސް ނޫން އެއްޗެއް ހޯދަން ޖެހޭ ކަަމަށް ދުވަހަކުވެސް ވިދާޅުވެފައި ނުވާނެ ކަމަށާ އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ މާނަ ބަޔަކު އޮޅުވާލަނީ ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ވަރަށް ބޮޑެތި އަނިޔާތައް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް އެބަ ދައްކަވާ އަޅުގަނޑު ބުންޏޭ ގުރުއާނާ ހަދީސާ ނޫން އެހެން އެއްޗެއް ހޯދަން... ނޫން، ދުވަހަކުވެސް އެ ބާވަތުގެ ވާހަކައެއް ނޫން ދެއްކީކީއެއް. އަޅުގަނޑަކީ ދުވަހަކުވެސް އެ ބާވަތުގެ ވާހަކައެއް ދެއްކި މީހެއް ނޫން. އަޅުގަނޑު ދެއްކި ވާހަކަތަކުގެ މާނަ އޮޅުވާލާ މި ގޮތްގޮތުން ސިޔާސީ ފައިދާ ހޯދުމަށް އެ ބޭފުޅުން ހިންގަވަމުން ގެންދެވި މަސައްކަތްތަކެއްގެ ސަބަބުން އަޅުގަނޑު ދެކޭ ގޮތުގައި އަނިޔާވެސް ވަރަށް ބޮޑަށް ރައްދުވެފައި މި ހުރީ،" ނަޝީދު ވިދާޅުވިއެވެ.