މަސްތުވާތަކެތި

ދަރިވަރަކު ސުކޫލަށް ޑްރަގް ގެނައި މައްސަލައެއް

ދަރިވަރަކު ސުކޫލަށް ޑްރަގް ގެނައި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ދެންމެ ބުނީ ކ. އަތޮޅުގެ ރަށެއްގައި ސްކޫލަށް މަސްތުވާތަކެތި ގެނެސްފައިވާ ކަމުގެ މައުލޫމާތު މިއަދު 11:34 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާކޮށްފައިވާ އެއް ރަށުގައެވެ. އެ ރަށުގައި މަސްތުވާތަކެތީގެ މައްްސަލަތައް ރިޕޯޓް ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ.