އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް އިންތިހާބުވެ ވަޑައިގެންފި ނަމަ ދެވަނަ ވިސްނުމަކަށް ވެސް ވަޑައި ނުގަންވާނެ ކަމަށާއި ވަގުތުން އިސްތުއުފާ ދެއްވާނެ ކަމަށް ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
ޑރ. އެންތަނީ ފައުޗީ އަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކެޓަރެވެ. ޗީފް މެޑިކަލް އެޑްވައިޒާ ޓޮ ދަ ޕްރެޒިޑެންޓް އޮފް ޔުނައިޓެޑް ސްޓޭޑް އަކީ ވެސް ފައުޗީ އެވެ.
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވިއިރު، ޚާއްސަކޮށް ދުނިޔެއަށް ކޮވިޑް ލައިގަނެގެން އުޅުނުއިރު ޑރ. ފައުޗީ ގޯސް ކުރައްވައި ވަރަށް ގިނައިން ފާޑުވިދާޅުވި އެވެ. ފައުޗީ އަކީ ބޯ ރަނގަޅު މީހެއްތޯ ވެސް ޓްރަމްޕް ސުވާލު ކުރައްވަ އެވެ.
ވައިޓް ހައުސްގައި އޮންނަ މެޑިކަލް ބްރީފިންގް ތަކުގައި ވެސް ފައުޗީއަށް އެކައްޗެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން ކުރާނެ އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ބޮޑު މުސާރަ ނަންގަވައިގެން ހުންނެވި ފައުޗީއަށް ވުރެ ގައުމަށް ލަފާ ދެއްވުމުގައި އޭނާ މާ މޮޅުވާނެ އެވެ.
ޑރ. ފައުޗީ ވިދާޅުވި ގޮތުގައި ޓްރަމްޕަކީ ވަރަށް ކަމު ނުދާ މީހުންގެ އަގު ވަޒަން ކުރަން އެނގިވަޑައި ނުގަންނަވާ ބޭފުޅެކެވެ. ފައުޗީ ވިދާޅުވާ ގޮތުން ޓްރަމްޕަށް ކަމުދަނީ ހަމައެކަނި ޓްރަމްޕެވެ.
އެމެރިކާއަށް ލަފާ ދެއްވުމުގައި ފައުޗީ ހަތް ރައީސުންނާއެކު ވަނީ މަސައްކަތް ކުރައްވާފަ އެވެ. އެހެން ނަމަވެސް ވިދާޅުވީ ޓްރަމްޕް ކަހަލަ ދެވަނަ ވެރިއަކު ދިމާވެ ވަޑައިގެންފައި ނުވާ ކަމަށެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވީ އެމެރިކާ ކަހަލަ ބޮޑު ގައުމެއްގެ ސިއްހީ ކަންތައްތައް ބެލެހެއްޓެވުމުގެ ގާބިލުކަން ޓްރަމްޕަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޓްރަމްޕަށް ކަމުނުދާ ގޮތަކަށް ސިއްހީ ކަމެއް ކުރަން ފުރުސަތު ވެސް ނުދެއްވާ ކަމަށެވެ.
ފައުޗީ ވިދަޅުވި ގޮތުގައި ޓްރަމްޕް ވެރިކަމަށް ވަޑައިގަަންނާ ތަނުން އިސްތިއުފާ ދެއްވާނެ އެވެ. އަދި ރައީސުންނަށް މެޑިކަލް ލަފާދެއްވުމުގައި ނުހުންނަވާނެ އެވެ.