ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިތްދަތި ހަމަނުޖެހުންތައް ހިނގަން މެދުވެރިވާ ސަބަބަކީ ފަލަސްތީންގެ ހައްގުތައް ނިގުޅައިގެންފައި އޮތުން ކަމަށް ޗައިނާއިން ބުނެފި އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުވެގެން ނޫން ގޮތަކަށް މެދުއިރުމައްޗަށް ސުލްހަ ނުގެނެވޭނެ ކަމަށް ވެސް ޗައިނާއިން ބުންޏެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ ނައިބް ވާ ޗަނިންގް ވިދާޅުވި ގޮތުގައި އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އާގްލާ މަރާލުމަކީ އިޒްރޭލު ސިފައިން ކޮށްގެން ވާނެ ކަމެއް ނޫނެވެ.
އޭނާ ވިދާޅުވީ އިޒްރޭލުގެ ވަކިތަކުން ފަލަސްތީން ނޮޅައި ހައްގުތަކުން ބާކީކޮށްފައި އޮންނަތާ 70 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.
ވާ ޗަނިންގް ވިދާޅުވީ އިޒްރޭލަށް ވެސް މިހާރު ކޮންމެވެސް އެއްޗެއް ވިސްނެން ވެއްޖެ ކަމަށާއި ދެކޮނޑު ދޭތެރޭގައި ބޮލެއް ހުއްޓެއް ކަމަކު ބުއްދި އަކީ ބައެއް މީހުންނަށް ލިބޭ ނަސީބެއް ނޫން ކަމަށެވެ.
ފަލަސްތީނަށް އެންމެ ކުޑަމިނުން ހައްގު މިންވަރު ދީފައި އޮތް ނަމަ ވިސްނި ވަޑައިގަންނަވާ ގޮތަކީ ޝީރީން އަދިވެސް ދުނިޔޭގައި ހުރުން ކަމަށް ފޮރިން މިނިސްޓަރުގެ ނައިބް ވިދާޅުވި އެވެ. އެއީ ހިނގައިގެން ނުވާނެ ހާދިސާއެއް ކަމަށް ނިންމޭނީ އިޒްރޭލު ފުލުހުންގެ ކިބައިގައި އަނިޔާވެރިކަން ނެތް ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޝީރީން މަރާލީ އިޒްރޭލު ސިފައިންކަން ޝައްކެއް ނެތް މިންވަރަށް ކަށަވަރެވެ. އަދި ބުނީ އާރެއް ބާރެއް ނެތް ނިކަމެތި ބައެއްގެ ބޮލަށް ބަޑިޖެހުމަކީ ޒަމާނަށްޓަކާ ވެސް ލަދުވެތި ކަމެއް ކަމަށެވެ.
ޝީރީން މަރާލި ހާދިސާ މިނިވަން ތަހުގީގަކުން ހޯދައި ބަލަން މުޅި ދުނިޔެ އޮތީ ގޮވާލާފަ އެވެ. ޗައިނާއިން ބުނީ ފަލަސްތީނާއެކު ގުޅުން އޮންނާނެ ކަމަށާއި ކަމަކު ކިޔައިފިނަމަ އެކަމެއް ކޮށްދޭނެ ކަމަށެވެ.