އެސްޓީއޯ

އާ އަދަބީ ބަހެއް ހުށަހަޅައިގެން މެލޭޝިއާ ދަތުރެއް

May 17, 2022

މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަށް އެސްޓީއޯ އިން ދިނުމަށް ނިންމާފައިވަނީ މެލޭޝިއާގެ ދެކޮޅު ޓިކެޓާއި 1،000 ޑޮލަރެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިކުރާ އަދަބީ ބަސްތައް އެސްޓީއޯގެ ފޭސްބުކް ނުވަތަ ޓްވިޓާ އެކައުންޓްގައި DhivehiAdhabeeBahaaiSTO# ހޭސްޓެގްގައި ޓެގްކޮށް، ކުރިއަށް އޮތް ޖޫން މަހުގެ 30 ވަނަ ދުވަހުގެ މެންދަމު 00:00ގެ ކުރިން ޕޯސްޓްކުރަންޖެހެ އެވެ.

އެސްޓީއޯ އިން ބުނީ ޕޯސްޓްކުރާ އަދަބީ ބަހާއި، ބަހުގެ މާނައާއި، ބަސް ބޭނުން ކުރާ ހާލަތު އެނގޭ ގޮތަށް މިސާލެއް ވެސް ހިމަނަންޖެހޭނެ ކަމަށެވެ. އަދަބީ ބަސް ހުށަހެޅި ފަރާތުގެ ނަމާއި ގުޅޭނެ ފޯން ނަމްބަރު ހިއްސާކުރުމަށްވެސް އެދިފައިވެ އެވެ.

ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ މުއްސަނދި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މުބާރާތަށް ހުށަހަޅާ ބަސް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް އަދަބީ ބަހެއް ހޮވުމަށްފަހު އެންމެ ރަނގަޅު ބަސް ހޮވާނީ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

އެސްޓީއޯ އިން ބުނީ މި މުބާރާތަށް ހުށަހަޅާ އަދަބީ ބަހަކީ މީގެ ކުރިން ޝާއިއުކޮށްފައިވާ ބަހަކަށް ވެގެން ނުވާނެ ކަމަށެވެ.

މުބާރާތަށް އަދަބީ ބަސް ހަށަހަޅާއިރު ދިވެހިން ވާހަކަ ދައްކާ ބަހުރުވަތަކުން ބަސް ހުށަހެޅުމަށްވެސް ފުރުސަތު ދީފައިވެ އެވެ.