ސިއްހަތު

ކޮލާޖިން ހިމެނޭ ކާނާ ވަރަށް މުހިންމު

ކޮލާޖިންއަކީ ހަށިގަނޑުގެ ބައްޓަމާއި ހަންގަނޑު ތީރިކޮށް އޮމާންކޮށް ބެހެއްޓުމަށް މުހިންމު މައްދާއެއް އެކުލެވޭ ޕްރޮޓިންއެކެވެ. ކޮލާޖިންގެ އެކި ވައްތަރުތައް ހިނެމޭއިރު ހަށިގަނޑުގައި އާންމުކޮށް އެކުލެވިފައި ވަނީ ކޮލަޖިންގެ ޓައިޕް 1 - 2 - އަދި 3 އެވެ. ދުވަސްވާ ވަރަކަށް ހަށިގަނޑުގައި ކޮލާޖިންގެ ބައި އުފައްދާ މިންވަރު ދަށްކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުގައި ރޫޖެހި އުމުރަށް ވުރެން އަވަހަށް މުސްކުޅިވާ ކަމަށް ދައްކާނެ އެވެ.

މޫނުމަތި ރީތި ކުރުމަށާއި ގައިގެ ހަންގަނޑުގެ ކުލަ އަލި ކުރާ ތަކެތި ވިކޭ މިންވަރު ގިނަވަނީ މިސަބަބާއި ހުރެއެވެ. މި ކަމަށް ބޭނުން ކުރާ ބޭހާއި ފުށްފަދަ ތަކެއްޗަކީ އެހާ ރަނގަޅު ތަކެތިތޯ ސުވާލު އުފެދެ އެވެ. އަދި އެތަކެތި ބޭނުން ކުރުމުން ހަށިގަނޑުން އެތަކެތި ބަލައިގަންނަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ބައެއް ދިރާސާތަކުން ދައްކާގޮތުގައި އެންމެ ފަސޭހައިން ހަށިގަނޑަށް ބޭނުންވާ ކޮލާޖިންލިބޭނެ އެއްގޮތަކީ ކެއުމުގައި ބޯންބްރޮތް ބޭނުން ކުރުމެވެ. މީގެ އިރުތުން ރަނގަޅު މޭވާއާއި ތަރުކާރީ ހިމެނުމުން ހަންގަޑަށް އިރުތު ބޫސްޓާ ޑޯޒެއްދެވުނީ ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދައްކައެވެ.

ކޮލާޖިން އެކުލެވޭ ބައެއް ބާވަތްކަކީ ކުކުޅާއި މަސް (ކަކުނި ، އިހި، ކުދިމަސް، ޑިނގާ، އިތާ މަސް، ފަދަ ތަކެތި) ސިޓްރަސް ހުންނަ މޭގެ ބާވަތްތަކާއި އެކި ވައްތަރުގެ ބެރީޒެވެ. މީގެ އިތުރުން އަނބާއި އަލަނާސި އާއި ފޭރާއި ކީވީ ފަދަ މޭވަތަކުން ވެސް ކޮލަޖިން ހަށިގަނޑަށް ލިއްބައިދެ އެވެ. ލޮނުމެދު، ޓޮމާޓޯ، ކެޝޫނަޓްސް، ބެލްޕެޕާ އަދި އެކި ވައްތަރުގެ ބީންސް ކާގަޑިތަކުގައި ބޭނުން ކުރުމުން ހަށިގަނޑުގައި ކޮލާޖިންގެ ބައި އިތުރު ކޮށްދެއެވެ.

އަހަރުމެންގެ ހަށިގަނޑު އޭގެ އެންމެ ރަނގަޅު ސިއްހަތެއްގައި ގެންގުޅުމަށް ރަނގަޅު ކަނާ ކެއުން މުހިންމުވާ ފަދައިން ރަނގަޅު މެވާއާއި ތަރުކާރީ ވެސް މުހިންމުވާނެ އެވެ. ވީމާ ކޮޮލާޖިން އެކުލެވޭ ކާނާގެ ބާވަތްތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމުން އަގު ބޮޑުކޮށް ގަންނަ މަސްނޫއީ ކޮލާޖިންގެ ތަކެޗަޢް ކުރާ ހަރަދު ކުޑަވެގެންދާނެ އެވެ.