ކަނޑު އޮތް ގިރި

ވީރާނަވެފައިވާ ކަނޑުއޮތްގިރި ބަނދަރު ހަދަން އެމްޓީސީސީއަށް

May 18, 2022

ހަލާކުވެ ގާތްގަނޑަކަށް އެއްކޮށް ވެއްޓިފައިވާ ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި ޗެއާމަން އެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ބައިވެރިވަޑައިގަތެވެ.

މިފްކޯ އިން މާލެ އަތޮޅުގައި ހިންގާ ކަނޑުއޮތް ގިރީގައި މިހާރު ތައްޔާރުކުރަނީ އެ ކުންފުނީގެ "ރެޑީޓު އީޓް" ޕްރޮޑަކްޓް ތަކެވެ.

މި ތަނަކީ ބޮޑު ކަންނެލި ގަނެވޭ ފެންވަރަށް ހަދާފައިވާ ތަނެއް ނަމަވެސް މިރަށުގެ ބަނދަރު އެއްކޮށް ހަލާކުވެފައި އޮތުމުން އެ މަސައްކަތެއް ނުކުރެވެ އެވެ. އެކަމަކު މިފްކޯއިން ވަނީ މިހާރު ބަނދަރު އޮތް ފުއްޓަރު ފަރާތުގެ ބަދަލުގައި ރަށުގެ އިރުމަތި ފަރާތަށް ބަނދަރު ބަދަލު ކުރުމަށް ނިންމާފަ އެވެ.