ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ސަރުކާރުން ޓީބީ ބޭސް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ހަދިޔާކުރާ އެންޓި-ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އިންޑިއަން ހައިކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތް ރަތިޝް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރު އެވެ.

މިފަހަރު ހަދިޔާކުރި އެންޓި-ޓީބީ ބޭސް ވެގެންދާނީ ދިވެހިރާއްޖެއިން 2025 ވަނަ އަހަރަށް ޓީބީގެ ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އެހީ އެއްގެ ގޮތުގައެވެ. މިއަދު ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނެއެވެ. މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމް.ޑީ.އާރް- ޓީބީ) ވެސް ހިމެނެއެވެ. އެންޓި-ޓީބީ ބޭސްތައް ހަދިޔާ ކޮށްފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމްގެ ސްޓޮކްއިންނެވެ.

ހައިކޮމިޝަނުން މިއަދުވެސް ބުނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް އޮންނާނެ ކަމަށެވެ.

ޓިއުބަކިއުލޮސިސް (ޓީބީ) އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅުވެވޭ ދަފަ ބައްޔެއްކަމުގައި ވިޔަސް އެއީ ދުނިޔޭގައި އެންމެ ބޮޑަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ. ދެކުނު އޭޝިޔާގެ ބައްރަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކޮޅު އެއްބައި ކަމުގައި ވެފައި ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 އިންސައްތަ މީހުންނަނީ މި ސަރަހައްދުގެ މީހުންނެވެ. އޭގެ ތެރެއިންވެސް ބޭސްފަރުވާއިން ރަނގަޅު ނުކުރެވޭ ތިންބައި ކުޅަ އެއްބަޔަކީ ދެކުނު އޭޝިޔާގެ މީހުންނެވެ.

ސިއްހީ ދާއިރާގެ ގުޅުމާކީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ގުޅުމުގެ ތެރޭގައި ހިމެނޭ ޒަމާންވީ ގުޅުމެކެވެ. އިންޑިއާގެ އެތައް ސަތޭކަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި ވަޒަންވެރިވެ ރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތް ކުރެއެވެ. އިންޑިއާގެ ނެއިބާހުޑް ފަސްޓް ސިޔާސަތުގެ ދަށުން އިންޑިއާ އަދި ދިވެހިރާއްޖެއާ ދެމެދު ސިއްހީ ދާއިރާގެ ގުޅުން ބަދަހި ކުރުމަށް އިސްކަމެއްދެއެވެ.

އެގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޖަޔަޝަންކަރު މާޗް 2022ގައި އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވިލުނު ޑްރަގް ޑިޓޮކްސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ވަނީ ހުޅުވައިދެއްވައިފައެވެ. ދެ ގައުމުން ވަނީ ހިމަ ބިހި ބަލީގެ އައުޓް ބްރޭކްއަކުން ސަލާމަތްވުމަށް ޖެނުއަރީ 2020 ވަނަ އަހަރު ގުޅިގެން މަސައްކަތް ކޮށްފައިވެއެވެ.