އެސްޓީއޯ

ބޮޑެތި އިނާމުތަކާއެކު "ކްރޫގާ ޗެލެންޖް" ފަށައިފި

May 19, 2022

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެ ކުންފުނީގެ ސަރަހައްދި ފިހާރަތަކުގައި "ކްރޫގާ ޗެލެންޖް" ފަށައިފި އެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނީ ކްރޫގާގެ އުފެއްދުމެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު #STOKrugerChallenge2022 ހޭޝްޓެގާ އެކު ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރުމުން މި ޗެލެންޖުގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޗެލެންޖުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެއްފަރާތް ހޮވައި އެންމެ ގިނަ ލައިކްސް / ރިއެކްޝަންސް ލިބިފައިވާ ޕޯސްޓުގެ ވެރިފަރާތަށް އަގުހުރި އިނާމެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޗެލެންޖު ކުރިއަށްދާ މުއްދަތުގައި ގަންނަ ކޮންމެ ކްރޫގާ ކޮންމެ އައިޓަމްއަކަށް ޑިޖިޓަލް ކޫޕަންއެއް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ޗެލެންޖުގައި އެއްވަނައަށް ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ބެނެލީ ޕެނެރިއާ ސައިކަލެކެވެ. ދެވަނައަށް ހޮވޭފަރާތަކަށް 256 ޖީބީގެ އައިފޯން 13 ޕްރޯ މެކްސްއެއް ލިބޭއިރު ތިންވަނައަށް ހޮވޭ ފަރާތަކަށް ޕިލިޕްސް 55 އިންޗީގެ ޓީވީއެއް ލިބޭނެ އެވެ.

ދިވެހިންގެ މެދުގައި ކްރޫގާގެ ބާވަތްތަކަށް ބޮޑު ސަޕޯޓެއް އޮތް އިރު މިބާވަތުގެ އުފެއްދުންތައް ރާއްޖެއަށް އެތެެރެކުރަނީ އެސްޓީއޯ އިންނެވެ.