ބޮލީވުޑް

ކޭން ފިލްމް ފެސްޓިވަލް: އެންމެން އަޅައިގަތީ ދީޕިކާގެ ކަންފަތުމުދީގަ

ކޭން ފިލްމް ފެސްޓިވަލުގައި ބައިވެރިވާ ބޮލީވުޑް ތަރިންނަށް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ބަޔެއްގެ ނަޒަރު އަމާޒުވެ އެވެ. އަދި އެމީހުން އަޅާ ހެދުމާއި ގަހަނާ އަށް ފާޑުކިއުމާއި ތައުރީފުކުރުން ވެސް އެ ދުވަސްވަރާ ދިމާކޮށް އޮވެ އެވެ.

ފާއިތުވީ ތަނުގައި އެންމެ ގިނަ ފާޑުކިއުންތައް އަމާޒުވީ ބޮލިވުޑް ތަރި އައިޝްވަރިޔާ ރާއީ އަށެވެ. ފާއިތުވީ އެތައް އަހަރަކުއްސުރެ މި ފެސްޓިވަލްގައި އައިޝްވަރިޔާ ބައިވެރިވަމުން އަންނައިރު ކޮންމެ ފަހަރަކުވެސް އޭނާ އަޅާ ހެދުމަށް އެކި ފާޑުކިއުންތައް އަމާޒުވެ އެވެ. ނަމަވެސް މިފަހަރު އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެގެން އުޅެނީ ދިޕިކާ ޕަދުކޯންގެ ކަންފަތު މުންޖެވެ.

ފަނޑިޔާރެއްގެ ހައިސިއްޔަތުން ދީޕިކާ މިފަހަރުގެ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރެޑް ކާޕެޓްގައި ހިނގާފައިވަނީ ކަޅާއި ރަން ކުލައެއްގެ ސާޅިއެއް އަޅައިގެންނެވެ. ސާޅީއާއެކު އޭނާ ބޭނުންކޮށްފައިވާ ގަހަނާތަކުގެ ތެރޭގައި ވަރަށް ބޮޑު ކަންފަތުމުންޖެއް ހިމެނެ އެވެ. ދީޕިކާގެ ހެދުމަށް ވުރެ ގިނަ ބައެއްގެ ލޮލުގައި ކަންފަތުމުދި އަޅައިގަތީ އޭތި ބޮޑުކަމުންނެވެ. އަދި ވަރަށް ބަރުވާނެހެން ހީވާތީ އެވެ.

މިކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވެގެން ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓްތައް ދަނީ ޝެއާ ކުރަމުންނެވެ.

ކޮމެންޓްކުރި އެކަކު ބުނީ ދީޕިކާގެ ކަންފަތަށް އޭނާ ހަމްދްރުދީ ވާކަމަށެވެ.

"ފެޝަނޭ ކިޔާފައި މީހުން ކީއްކުރަން އެކަހަލަ އަނިޔާތައް އަމިއްލައަށް ހޯދަނީ. ބަލާބަލަ ދީޕިކާގެ ކަންފަތަށް އެވާ އަނިޔާ،" އެހެން މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

މިނޫންވެސް ތަފާތު މަޖާ ގިނަ ކޮމެންޓުތަކެއް ދީޕިކާގެ ކަންފަތު މުންޖާ ގުޅޭ ގޮތުން މިފަހަރު މީހުން ކޮށްފައި ވެއެވެ.