މުހައްމަދު އިސްމާއީލް

މުހައްމަދު އިސްމާއިލް ހައްޔަރު ކުރަން އަނެއްކާވެސް ކޯޓް އަމުރެއް ހޯދައިފި

0%
0%
0%

މުހައްމަދު އިސްމާއިލް ހައްޔަރު ކުރަން އަނެއްކާވެސް ކޯޓް އަމުރެއް ހޯދައިފި އެވެ.

ފުލުހުން މިހާރު ގެންދަނީ މުހައްމަދު، ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ ބުދަ ދުވަހުވެސް މުހައްމަދު ހައްޔަރު ކުރިއެވެ. އެ ފަހަރުވެސް ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ނަމަވެސް މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ކޯޓުން މުހައްމަދު ދޫކޮށްލީ އެވެ. އޭނާ ދޫކޮށްލީ ކޯޓް އަމުރާ ހިލާފަށް ހައްޔަރު ކުރުމުންނެވެ.

ފުލުހުން ބުނީ މުހައްމަދު ހައްޔަރުކުރީ އިންޑިއާ އައުޓް ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އާއި އާންމުކޮށް ފެންނާނެހެން އިންޑިއާ އާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވާ ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގަ ކަމަށެެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ އެއްވުންތަކާއި ދަތުރުތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުއްވާތީ ފެންނަނީ މުހައްމަދު އިސްމާއީލް އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެ އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެކި އެއްވުންތަކާއި ބައެއް ޓީވީ ޝޯ ތަކުގައިވެސް މުހައްމަދު އިސްމާއީލް ގޮވާލައްވާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910