މުހައްމަދު އިސްމާއީލް

މުހައްމަދު އިސްމާއީލް ދޫކޮށްލައިފި

ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހައްޔަރުކޮށްގެން ގެންދަނީ
0%
0%
0%

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލައިފި އެވެ.

މުހައްމަދު އިސްމާއީލް ހައްޔަރު ކުރީ ކާނިވާގެ، ކެފާއެއްގައި ސައިބޯން އިންޑާ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލިކަން ޕީޕީއެމުން ވަނީ ޔަގީން ކޮށްދީފައެވެ.

ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަކީ ރައީސް ޔާމީން އިސްވެ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ އެންމެ އިސް ބައިވެރިޔާއެވެ. އެ ހަރަކާތުގައި ބައިވެރިވާ ކަމަށް ތުހުމަތު އެކި ފަހަރު މަތީން މުހައްމަދު ހައްޔަރު ކޮށްފައިވެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ އަތުގައި ހުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރެގެން ގެންދިޔަ ދިދަ ތަކެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދިދަތައް އިހުތިޖާޖުގެ ބައިވެރީންނަށް ދޫކުރީ މުހައްމަދު އިސްވެ ހުރެ ކަމަށްވެސް ތުހުމަތު ކުރެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910