ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ނަންފުޅުގައި ދައުރުވަނީ ފޭކް އެސްއެމްއެސްތަކެއް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންނާ އެކު -- ފޮޓޯ: އަވަސް
0%
0%
0%

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ދައުރު ކުރަމުންދާ އެސްއެމްއެސްތަކަކީ ހަގީގަތާ ހިލާފް ފޭކް އެސްއެމްއެސް ތަކެއް ކަމަށް ބުނެފި އެވެ.

ޕީޕީއެމް ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. މުއިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޯބައިލް ނަންބަރުން ދައުރު ކުރަމުންދާ ހަގީގަތާ ހިލާފު ފޭކް އެސްއެމްއެސްތަކެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މިކަން ކުރަނީ ކޮންމެ ބަޔަކު ކަމަށްވީ ނަމަވެސް މިފަދަ ނާތަހުޒީބު އަމަލުތައް ނުކުރުމަށާއި އެފަދަ މެސެޖެއް ލިބުނު ނަމަވެސް އެއަށް އަމަލު ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ނާތަހުޒީބު ފިނޑި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ ފޭކް އެސްއެމްއެސް ތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނަށްވެސް ގޮވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910