އޮސްޓްރޭލިއާގައި އިއްޔެ އޮތް އާންމު އިންތިހާބުގައި ބޮޑުވަޒީރު ސްކޮޓް މޮރިސަން ފޭލިވެ ވަޑައިގެންފި އެވެ. ބޮޑުވަޒީރުކަން ދިފާއު ކުރެއްވުމަށް އޭނާގެ ޕާޓީއަށް އަޣުލަބިއްޔަތު ލިބިވަޑައި ނުގެންނެވި އެވެ.
އެހެންކަމުން ދެން ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަންނަވާނީ އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު އެންތަނީ އަލްބަނީޒް އެވެ.
އޮސްޓްރޭލިއާގެ އާންމު ގަވާއިދަކީ ކޮންމެ ތިން އަހަރަކުން އާންމު އިންތިހާބެއް ބޭއްވުމެވެ.
ސްކޮޓް މޮރިސަން ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތީ އޯގަސްޓް 2018 ގައެވެ. އޭނާގެ ޕާޓީން އޮސްޓްރޭލިއާގައި ވެރިކަން ކުރާތާ ނުވަ އަހަރު ވަނީ ވެފަ އެވެ.
ބަލި ގަބޫލު ކުރައްވައި ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި ގައުމު ހިންގަން ދޫކޮށްލަން ވާނެ އެވެ. އޭނާ އަދި ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި ކޯޓުތަކުން ހުކުމް ކުރާނީ ރަނގަޅަށް ކަމަށާއި އެކަމާ އެއްވެސް ހިތް ބަރު ކަމެއް ނެތް ކަމަށެވެ. އަދި އާ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއަށް ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޮސްޓްރޭލިއާގެ އިލެކްޝަން ކޮމިޝަން ބުނާ ގޮތުން ވޯޓުގެ 90 ޕަސެންޓް ގުނާ ނިމުނުއިރު ޕާލަމެންޓްގެ 73 ގޮޑި އިދިކޮޅުން ވަނީ ކާމިޔާބު ކޮށްފަ އެވެ. ސްކޮޓް މޮރިސަނަށް ލިބިވަޑައިގެންފައި ވަނީ 51 ގޮނޑި އެވެ. ޕާލަމެންޓްގައި ހިމެނެނީ 151 ގޮޑި އެވެ. އަޣުލަބިއްޔަތަކީ 76 ގޮނޑި އެވެ. އެހެންކަމުން އިތުރު ތިން ގޮނޑި ލޭބާ ޕާޓީއަށް ދިނުން އޮސްޓްރޭލިއާ ރައްޔިތުންނަށް ބޮޑު ކަމަކަށް ނުވާނެ އެވެ.