މޯލްޑިވިއަން

ބޮޑު އީދަށް މޯލްޑިވިއަންގެ ދަތުރުތަކެއް ބެންކޮކަށް

May 22, 2022
3

ބޮޑު އީދު ބަންދާ ދިމާކޮށް ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ބެންކޮކަށް ވެސް ހާއްސަ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

މި ދަތުރުތަކަށް މާލެއާއި ބެންކޮކާ ދެމެދު ދެކޮޅު ޓިކެޓުގެ އަގަކީ 430 ޑޮލަރެވެ. ބެންކޮކާއި މާލެއާ ދެމެދު ދެކޮޅު ޓިކެޓެއްގެ އަގަކީ 421 ޑޮލަރެވެ.

ބެންކޮކަށް ދަތުރު ކުރަން ނިންމާފައި ވަނީ ޖުލައި މަހުގެ 10 އަދި 17 ވަނަ ދުވަހު އެވެ.

ބޮޑު އީދު ބަންދާ ދިމާކޮށް މޯލްޑިވިއަން އިން މެލޭޝިއާ އަށް ވެސް ހާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ. އެގޮތުން މި ދަތުރުތައް ކުރަން ނިންމާފައި ވަނީ ޖުލައި 8، 15، 22 އަދި 29 ވަނަ ދުވަހު އެވެ.

ނިމިގެން ދިޔަ ކުޑައީދު ބަންދާ ދިމާކޮށް ވެސް މޯލްޑިވިއަންގެ ހާއްސަ ދަތުރެއް މެލޭޝިއާ އަށް ކޮށްފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު މެލޭޝިއާގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ އޭޕްރީލް އެއްވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ މެލޭޝިއާގައި ކަރަންޓީން ވާކަށް ނުޖެހެ އެވެ.

ބެންކޮކަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.