ދުނިޔެ

ޗައިނާއާ ޕާކިސްތާން ބަދަހި ގުޅުމެއްގައި ދެމިއޮންނާނެ

ޕާކިސްތާންގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ މިވަގުތު އުޅުއްވަނީ ގައުމުން ބޭރަށް ކުރައްވާ ދަތުރެއްގައި، ޗައިނާގަ އެވެ. ވަޒީރުކަމާ މިދާކަށް ދުވަހު ހަވާލުވެ ވަޑައިގެން ޗައިނާއަށް ކުރައްވާ ދަތުރަކީ، ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ދެއްވި ދައުވަތެކެވެ.

ޗައިނާއާ ޕާކިސްތާނަކީ ޒަމާންވީ ދެ އެކުވެރިންނެވެ. މި އެކުވެރިކަން ދެމެހެއްޓުމަށް ވަޒީރުންގެ ފެންވަރުގައި ގިނަ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ބިލާވަލު އޮތީ ކުރިން ވިދާޅުވެފަ އެވެ.

ބިލާވަލް ޗައިނާއަށް ވަޑައިގެން ވާންގް ޔީއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގައި ބައިނަލްއަގްވާމީ މައިދާންތަކުގައި، އދ. އާއި އަދި މިފަދައިން އުފައްދާފައި ހުރި ޖަމިއްޔާތަކުގައި ޗައިނާއަށް ޚާއްސަ އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ބިލާވަލް ވިދާޅުވި ގޮތުގައި ޗައިނާއިން ވަކި ގޮތަކަށް ކަމަކަށް އެދިފައި އޮތް ނަމަ ޕާކިސްތާނުން އެކަމަކާ ވަރަށް ބޮޑަށް ވިސްނާނެ އެވެ. އަދި އެކަން އެގޮތަކަށް ވުން ވަރަށް ގާތް ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ވަޒީރުންގެ ވާހަކަތަކުގައި އެއްގައުމު އަނެއް ގައުމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އެއްބާރުލުމުގައި ދެމި ތިބުމަކީ ދެ ގައުމަށް ވެސް މުހިންމު ކަމަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ މަންޒަރުތައް ބަދަލުވެގެންދާ ގޮތަށް ބައްލަވާ ލައްވައި، ވާންގް ޔީ ވިދާޅުވީ ދުނިޔެ ދެކެމުން އަންނަ މިފަދަ ދަނޑިވަޅުތަކުގައި ދެގައުމުގެ ވިސްނުން ސީދާވާން ޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފިތުނާގައި ޖެހެނީ ނުވެސް ދެނެތިއްބާ ކަމަށެވެ.

ދެކުނު އޭޝިއާ ސުލްހަވެރި ވެށްޓަކަށް ހެދުމަކީ އޭޝިއާ ބައްރުގެ ކޮންމެ ގައުމަކަށް އޮތް ވާޖިބެއް ކަމަށް ވާންގް ޔީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ ޒިންމާ އަދާކުރުމުން ދަރުތު ކުރެވޭނީ ރަނގަޅު މިސްރާބަށް ކަމަށެވެ.

ދެ ވަޒީރުންގެ ވާހަތަކުގައި އަފްޣާނިސްތާނަށް ވެސް ބައްލަވާ ލެއްވި އެވެ. ކަޝްމިރާށް އަދި ރަޝިއާ - ޔުކްރޭން ހަނގުރާމަށް ވެސް ޚިޔާލުފާޅު ކުރެއްވި އެވެ.