އެމްއޭސީއެލް

އެމްއޭސީއެލް އިން ދަރިވަރުންނަށް އެކްސްޕޯއެއް ފަށައިފި

May 24, 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ކެރިއަ އެކްސްޕޯއެއް ފަށައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ މި އެކްސްޕޯގެ މަގުސަދަކީ އޭވިއޭޝަން ސެކްޓަރުގައި ހުރި ފުރުސަތުތައް ސްކޫލް ކުދިންނަށް ކިޔައި ދިނުމެވެ. ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ 38 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

މި އެކްސްޕޯގައި އޭވިއޭޝަން ސެކްޓަރުން ކުރި އަށް ދާން ބޭނުންވާ ދަރިވަރުން ކޮން މާއްދާއެއް ކިޔަވައިގެން ތޯ ކިޔައިދޭނެ އެވެ. މީގެ އިތުރުން ވީއައިއޭގައި އެމްއޭސީއެލް އިން މަސައްކަތް ކުރި އަށް ދާ ދަރިވަރުންނަށް ކިޔައިދީފައިވެ އެވެ.

ވީއައިއޭގެ ހިދުމަތްތަކުގެ މައުލޫމާތު ދީފައިވާ ދާއިރާތަކުގެ ތެރޭގައި ޓާމިނަލް ސާވިސަސް އާއި ކޮމާޝަލް އަދި ރޭމްޕް އަދި އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލްއާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.