ސިއްހަތު

މާ ގިނައިން ދާހިއްލަނީ ކީއްވެ؟

ދާހިއްލުމަކީ އެކަމުން އުނގަދޫތަކަކާއި ތަކުލީފުތަކެއް ކުރިމަތި ކުރުވާ ކަމެވެ. އޭގެ ސަބަބުން ހަޔާތުގެ ކޮންމެސް ހިސާބެެއްގައި އެކަމުން ގުޅުންތަކަށް ހީނަރުކަން ވެސް ވެރިވެއެވެ. އެއީ ލޯބީގޮތުން ގުޅިގެން އުޅޭ ބައިވެރިޔާގެ ފަރާތުންނާއި އާއިލާ މީހުންގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުންނެވެ. މީ ކޮންމެ މީހަކަށް ވެސް ދިމާވާނެ މައްސަލައަކަށްވާއިރު، އެކި މީހުންގެ ހަށިގަނޑުން ދާހިއްލާ މިންވަރު ހުންނަނީ އެކި މިންވަރަށެވެ.

ކަސްރަތު ކުރުމަށް އެކިތަންތަނަށް ގޮސް އުޅޭ އުޅުމުގައި ފާގަހަވާ އެެއް ކަމަކީ ހުދު ޓިޝާޓެއްލައިގެން ހުންނަނަމަ ދާހިއްލަ މިންވަތު އިތުރު ކަމެވެ. ނުވަތަ 100 ސިޓްއަޕްސް ހަދާ ނިންމާލާއިރު ބައެއް މީހުން ތިބެނީ ދާހިއްލާފޯވެފަ އެވެ. އެކި މީހުން ކަސްރަތު ކުރާއިރު ދާހިއްލާ މިންވަރު ތަފާތުވާ ސަބަބުތަކެއް ވެއެވެ. އުޅޭ އުޅުމުގައާއި ކުރާ ކަންތައްތަކުން ހަށިގަނޑުގެ މެޓަބޮލިޒަމް އާއި ހަށިގަނޑުގެ ފިނި ހޫނުމިނާއި ހޯމޯންސްތައް ހުންނަ މިންގަޑުންނާއި ލޭގެ ހިނގުން ހަށިގަނޑުގައި ދައުރުވާ ގޮތުން ދާ ހިއްލާ މިންވަރާއި މިންގަޑު ވެސް ތަފަތުވާނެ އެވެ.

ދާހިއްލަން ބޭނުން ނުވާ ހާލަތްތަކުގައި ވެސް ދާހިއްލަފާނެ އެވެ. މިސާލަކަށް އެއްބައި މީހުންނަކީ ކަމަކާ ކަންބޮޑުވުމުން ދާހިއްލާ މީހުންނެވެ. އަނެއްބައި މީހުން އެހެން މީހަކު ބުނާ އެންމެ ލަފަޒަކުން ވެސް ލަދުން ދާހިއްލަފާނެ އެވެ. ދެން ތިބޭ މީހުންނަކީ ކަމަކުން މިންޖުވާން ދޮގު ހަދާއިރު ދާހިއްލާ މީހުނެވެ. އެއީ ސިނކުޑިއަށް ވެރިވާ ނުތަނަވަސް ކަމަކުން ހަށިގަނޑަށް ދޭ ސިގްނަލްތަކަކުން ކުރުވާ ކަމެކެވެ.

މެޑިކަލް ޑައިރެކްޓަރ އޮފް މެޑްއެކްސްޕްރެސް ގެ ޑރ. ކްރިސްޓޮފާ ޑިއެޓްޒް ވިދާޅުވެފައިވާ ގޮތުގައި ހަކުރުބަލި ހުންނަމީހުންނާއި ތައިރޯޑުގެ ބަލި ހުންނަމީހުން އަދި ޕީރިއަޑްގެ މައްސަލަތައް ހުންނަ މީހުން، ދާހިއްލާ މިންވަރު އިތުރު ވާނެ އެވެ.

އާދަޔާ ހިލާފަށް ކިހިލިފަތިން (ޕީއެޗްއެފް ހުންނަ މީހުން) ދާހިއްލާމީހުންނާއި އަތްތިލައިންނާއި ފައިގެ ދަށްފުށުން އަދި މޫނުމަތިން ވެސް ދަލުގެ އަސަރު ބޮޑަށް ފާޅުވާ މީހުން އެކަމާ ކުރިމަތިލަނީ ލަދުން ކަމަށް ވި ނަމަވެސް އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ސައިންސްވެރިންނަށް ދާހިއްލަ އަސްލު ސަބަބު ހޯދިފައެއް ނުވެއެވެ. އެމީހުން ކޮށްފަހުރި ދިރާސާތަކުންދައްކާ ގޮތުގައި އެއީ ހަށިގަނޑުގައި ހުންނަ ޕްރައިމެރީ ފޯކަލް ޕޮއިންޓް ތަކުން، އަންނަ ދާ ނޫނީ ފެނެވެ.