ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑަބްލިޔުއެޗްއޯ ޗީފަށް ފަސްއަހަރުގެ ދެވަނަ ދައުރެއް

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޮސް އެދަނަމް ގެބްރިޔޭސުސް ފަސް އަހަރުގެ ދެވަނަ ދައުރެއް ދީފިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އޭނާ އެންމެ ފުރަތަމަ ވަޑައިގަތީ ޖުލައި 1، 2017 ގައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޓެޑްރޮސް ނޫން އެހެން ކެންޑިޑޭޓަކު ކުރިމަތި ލާފައި ވެސް ނުވެ އެވެ. އަނެއްކޮޅުން ޓެޑްރޮސް އެ މަގާމުގައި ބެހެއްޓުމަށް ޑަވްލިއުއެޗްއޯގެ މެންބަރު ގައުމުތަކުން ކުރިއާލައި ވަނީ ސައްލާކޮށް ގޮތެއް ނިންމާފ އެވެ. އެއީ ދުނިޔެއަށް ލައިގަތް ކޮވިޑް ހާލަތުގައި ޓެޑްރޮސް އަދާކުރެއްވި ހީވާގި މަސައްކަތަށް ހަދިޔާއެއް ދިނުމުގެ ގޮތުންނެވެ.

ކޮވިޑްގެ ހާލަތުގައި ދުނިޔެ ހިނގާ ދިޔައަ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން އެހެން މީހަކު ބޭނުން ނުވީ ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ.

ޓެޑްރޮސް އަކީ އެފްރިކާ ބައްރަށް ނިސްބަތްވާ އިތިއޮޕިއާ ރައްޔިތެކެވެ. އޭނާ ވަނީ އިތިއޮޕިއާގެ ފޮރިން އެފެއާޒް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

ކޮވިޑް ހާލަތުގައި ޑަބްލިއުއެޗްއޯއަށް ކުރިމަތިވި ލައްކަ ފާޑިކިޔުންތަކުގައި ޓެޑްރޮސް ހަރުދަނާ އުސޫލުތަކެއް ގެންގުޅުއްވި އެވެ. އެހެން ނަމަވެސް އޭނާގެ މިއުސޫލުތަކަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން އާދެލައްބަ ނުކި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގަތުމަށް ޓެޑްރޮސް ކުރެއްވި މަސައްކަތަކަށް އޭނާގެ އަމިއްލަ ގައުމުން އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުދެ އެވެ. އެއީ އިތިއޮޕިއާގެ އިންސާނީ ހައްގުތަކަށް ފާޑުކިޔައި ޓެޑްރޮސް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ޗައިނާއާ ކޮވިޑާ ގުޅުވައި ސިޔާސީ ވެރިން ދެއްކި ވާހަކަތަކުގައި، ސިއްހަތު ޖަމިއްޔާ މާބޮޑަށް ޗައިނާއަށް ކަމޭހިތާ ކަމަށް ބުނެ ވަނީ ފާޑުކިޔާފަ އެވެ. އަދި ކޮވިޑަކީ ޗައިނާއިން އުފެދުނު ބަލިބަމަޑުކަމެއް ކަމަށް ބުނެ ދެއްކި ވާހަކަތަކީ މުހިންމު ބުނުމެއް ކަމަށް ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައެއް ނުވެ އެވެ.