ކެބެޖަކީ އާންމުކޮށް ޖޫސް ގިރަން ބޭނުންކުރާ ބާވަތެއް ނޫން ނަމަވެސް، ކެބެޖްއިން ތައްޔާރުކޮށްލެވޭ ޖޫހަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ، އެތައް ބަލިތަކަކުން ދިފާއުކޮށްދޭ ބުއިމެކެވެ.
ކެބެޖް ޖޫސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- ދެ އަލޯވެރާ ފަތް ނުވަތަ އެއް ޖޯޑު އަލޯވެރާ ޖޫސް
- އެއް ކިޔުކަންބާ
- އެއް ސައިސަމުސާ އިނގުރު
- ކެބެޖެއްގެ ފަޅިއެއް
- ބައި ޖޯޑް ޕެޕާމިންޓް
ތައްޔާރުކުރާނެ ގޮތް:
- މަތީގައިވާ ހުރިހާ ތަކެއްޗެއް މިކްޗަރަކަށް އަޅައި ރަނގަޅަށް ގިރާލުން
- ގިރާ ނިމުމާއެކު ބޯލުން (ގިނަ ވަގުތު ތައްޔާރުކޮށްފައި ބެހެއްޓުން ރަނގަޅެއް ނޫން)
ފައިދާތައް:
ހަންގަނޑު އޮމާންވުން
ކެބޭޖް ޖޫހުގައި ގިނަ އަދަދަކަށް ވިޓަމިން އީ، ސީ އަދި އޭ އެކުލެވެއެވެ. މީގެ ސަބަބުން ހަންގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދެއެވެ.
ކެންސަރުން ދުރުކޮށްދޭ
ކެބެޖް ޖޫހުގެ ސަބަބުން ބްލެޑާގެ ކެންސަރުން ދުރުކޮށްދެއެވެ. ކެބެޖް ޖޫހުގައި ގިނަ އަދަދަކަށް ގުލްކޯސިނޮލޭޓް އެކުލެވެއެވެ. ގުލްކޯސިނޮލޭޓް، އައިސޯތައޯސައިނޭޓްއަށް ހަށިގަނޑުގެ އެތެރެވުމަށްފަހު ބަދަލުވެއެވެ. އައިސޯތައޯސައިނޭޓް ކެންސަރުން ދުރުކޮށްދެއެވެ.
ބަރުދަން ލުއިކުރުމަށް އެހީއެއް
ކެބެޖް ޖޫހުގެ ސަބަބުން ގޮހޮރު ސާފުކޮށްދެއެވެ. މީގެ ސަބަބުން ހަޖަމްކުރަން ފަސޭހަވެގެންދެއެވެ. ފެޓްސް އުފެއްދުމުގެ ފުރުސަތު ވެސް ހަނިކޮށްދެއެވެ.