ބޮލީވުޑް

ޝާހް ރުކްގެ ގޭގައި 12 ޓީވީ ހުރޭ

ޝާހް ރުކް ގޭގެ ބެލްކަނީގައި ހުރެގެން ފޭނުންނާ ބައްދަލުކުރަނީ
0%
0%
0%

ޝާހް ރުކް ޚާން ބުނާ ގޮތުގައި އޭނާގެ ގެ "މަންނަތު" ގައި 12 ވަރަކަށް ޓީވީ ހުރެ އެވެ. މީގެ އަގު ގާތްގަޑަކަށް 40 ލައްކަ ރުޕީސް އާ ގާތް ކުރެ އެވެ.

ޓެލެވިޒަން ބްރޭންޑެއް ލޯންޗު ކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވާން ދާދިފަހުން ނިއު ދިއްލީއަށް ގޮސް ދިން ޕްރެސް ކޮންފަރެންސެއްގައި ޝާހް ރުކް ވަނީ ޓީވީ ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމުގެ މާ ކުރިން ވެސް ޓީވީ ބަލަން އޭނާ ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށް ބުނެފަ އެވެ.

ޝާހް ރުކް ބުނި ގޮތުގައި އޭނާގެ ކޮންމެ ދަރިއެއްގެ ކޮޓަރީގައި ޓީވީ ބަހައްޓާފައި ހުރެ އެވެ. ޝާހް ރުކް މި ވާހަކަ ދައްކާ ވީޑިއޯ ވައިރަލް ވުމާއެކު ގިނަ ބަޔަކު ވަނީ އެމީހުންގެ ފަގީރުކަމުގެ ވާހަކަ ދައްކާ ޝާހް ރުކް އާ ދިމާކޮށްފަ އެވެ.

ޝާހް ރުކް އިތުރަށް ބުނި ގޮތުގައި އޭނާގެ ގޭގެ އެއްވެސް ޑެކަރޭޝަން އަކަށް ބަދަލު ގެނައުމުގެ ފުރުސަތު އޭނާއަކަށް ނޯވެ އެވެ. އެކަން ކުރަން ޖެހެނީ އޭނާގެ އަންހެނުން ގޯރީ އެވެ. ނަމަވެސް ޓެކްނޮލޮޖީގެ ހުރިހާ ކަމެއް އޮންނަނީ އޭނާ އަށެވެ.

ހަތަރު އަހަރުގެ ޗުއްޓީއަކަށް ފަހު ޝާޙް ރުކް އަލުން ފިލްމު ކުޅެން ފެށުމުން އޭނާގެ ފޭނުން މިހާރު ތިބީ ވަރަށް އުފަލުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ޝާހް ރުކް އޭނާގެ ގެއްލުނު ބޮލީވުޑް ކިންގްގެ މަގާމު މިފަހަރު އަލުން ހޯދާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910