ދުނިޔެ

ޕޫޓިންއާ މަޝްވަރާ ނުކޮށް ހަނގުރާމަ ނުނިމޭނެ: ޒެލެންސްކީ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރުމަކީ ޔުކްރޭން ކުރާހިތްވާ ކަމެއް ނޫން ނަމަވެސް ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށް، ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޫޓިންއާ މަޝްވަރާ ނުކޮށް ހަނގުރާމައަށް ނިމުމެއް ނާންނާނެ އެވެ.

ޕޫޓިންއާ ވާހަކަ ދައްކަން ޖެހޭ ސަބަބުތަކެއް ހުރި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޫޓިންއާ ވާހަކަ ދައްކަން ޔުކްރޭންގެ އެކަކު ވެސް ލޯތްބެއް ނުކުރެ އެވެ. އެހެން ނަމަވެސް، ހަގީގަތަކީ ޕޫޓިންއާ ހަމައަށް ނުގޮސް ފަރުޖެއްސެން ނެތް ކިތައްމެ ކަމެއް ބޯމަތީގައި މެދުވެރި ވެފައި އޮތުން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ޔުކްރޭނާ މަޝްވަރާ ކުރުމަކީ ރަޝިއާއަށް މުހިންމު ކަމަކަށް ނުވި ނަމަވެސް ޒެލެންސްކީ ވިދާޅުވީ މަޝްވަރާ ކުރުން ލަސްވާ ކޮންމެ ދުވަހަކު ގެއްލެނީ މިނިވަން ގައުމެއްގެ ކަރާމާތް ކަމަށެވެ.

މުޅި ޔުކްރޭން ވީދައި ކުދިކުދި ކޮށްފި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ގައުމުގެ މިނިވަންކަމާއި ނަފުސުގެ ދިފާއުގައި ވެސް ދެން އޮތް މަރުހަލާއަކީ މަޝްވަރާ ކުރުން ކަމަށް ހަދަން ޖެހިފައިވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތީ މިއަހަރު ފެބްރުއަރީ 24 ގައެވެ. ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކަކީ ޚާއްސަ އޮޕަރޭޝަނެކެވެ. ފުރިހަމަ ހަނގުރާމައެއް ނޫނެވެ. މިވަގުތު ކުޅެނީ އަސްކަރީ ބެންޗް ޓީމެވެ.

އެހެން ނަމަވެސް، އެމެރިކާ އާއި ނެޓޯ ގައުމުތަކުން މަދަދު ހޯދައި ޔުކްރޭނުން ގަދަ ދައްކަން އުޅޭ ނަމަ ޒަމާނީ ހަތިޔާރުގައި ހުރި އާކަން ދައްކަން ޖެހިދާނެ ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.

ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރަޝިއާ ބުނާ ގޮތުން ހަނގުރާމައިން ލިބޭ ގެއްލުމަށް ވުރެ ހަނގުރާމަ ނުކޮށް ތިބި ނަމަ ރަޝިއާއަށް މާބޮޑަށް ގެއްލުން ވާނެ ކަމަށެވެ. އެމެރިކާ އާއި ނޭޓޯއިން ޔުކްރޭން ލައްވާ ކުޅެން އުޅުނީ ނުރައްކާ ކުޅިގަނޑެއް ކަމަށް ވެސް ރަޝިއާ ބުންޏެވެ.