ލައިފްސްޓައިލް

ޗިލީގެ "މުނިކާފަ ގަސް": 5484 އަހަރު

ޗިލީގެ ދެކުނުގައިވާ ފެހި ޖަންގަލީގެ ތެރޭގައި ވަރަށް އާދަޔާޚިލާފު ބޮޑު ގަހެއް އެބަހުއްޓެވެ. ފަހުގެ ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނެފައިވަނީ ސައިޕްރަސް ނަމަކަށް ކިޔާ މި ގަހަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ގަސް ކަމަށެވެ. މި ގަހަށް މިހާރު މުނިކާފަ ގަހުގެ ނަމުން ނަން ދީފައި ވެއެވެ. އަދި މި ގަހަށް 5،000 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި ގަހުގެ ސީދާ އުމުރެއް ބުނާކަށް ސައިންސްވެރިންނަކަށް ވެސް ނޭނގެ އެވެ. ސަބަބަކީ ގަސްގަނޑު ހެދިފައިވާލެއް ބިޔަކަމުން ގަސްގަނޑުން ބައެއް ބުރިކޮށްލައިގެން އޭގެ ރިންގްތައް ގުނޭނެ ގޮތެއް ނެތީމަ އެވެ.

ބިޔަކޮށް ހެދިފައި ހުންނަ ގިނަ ގަސްގަހުގައި ވަށަމިނުގައި ހުންނަ އެއް މީޓަރު ނަމަވެސް މި ގަހުގެ ވަށަމިނުގައި ހަތަރު މީތަރު އެބަހުއްޓެވެ. އެހެންވެ ގަހަށް ގެއްލުމެއް ނުދީ ގަހުގެ އުމުރު ބެލެން ނެތީ އެވެ.

ގަހުގެ ސައިންޓިސްޓެއް ކަމަށްވާ ޖޮނަތަން ބަރިޗިވިޗް ބުނި ގޮތުގައި ގަހުން ނެގި ސާމްޕަލްތައް ޓެސްޓްކުރުމުން އެނގުނު ގޮތުގައި ގަހަށް މަދުވެގެން 5484 އަހަރު ވެދާނެ އެވެ. އެއީ ގަހުގެ އުމުރު ބެލުމަށް ސައިންސްވެރިން ބޭނުންކުރާ މެތަޑްތައް ބޭނުންކޮށްގެން ބެލި ބެލުމުން ހޯދުނު ނަތީޖާ އެވެ. އޭނާ ބުނި ގޮތުގައި މިއަށް ވުރެ ގަހުގެ އުމުރު ހަގުވުމުގެ ފުރުސަތު އޮތީ 20 ޕަސެންޓަށެވެ.

އެންމެ ދުވަސްވީ ގަހުގެ ރެކޯޑް މިހާރު އޮތީ ކެލިފޯނިއާގެ ޕައިން ޓްރޭ އަކަށެވެ. މި ގަހަށް 4853 އަހަރު ވެފައިވާނެ ކަމަށް ސައިންސްވެރިން ލަފާ ކުރެ އެވެ.

"މުނިކާފަ ގަސް" ހުރީ ޗިލީގެ ނެޝަނަލް ޕާކެއްގަ އެވެ. އެހެންވެ ޕާކަށް ޒިޔާރަތްކުރާ މީހުން ގަހުގެ މޫތައް މައްޗަށް އަރައި އޭގެން އެތިކޮޅުކޮޅު ނައްތާ ހަދާނީ ޖޮނަތަން ކަންބޮޑުވުން ފާޅު ކުރި އެވެ. އޭނާ ބުނި ގޮތުގައި މިކަހަލަ ޒަމާންވީ ގަސްތަކެއް އެމެރިކާގެ އެކި ހިސާބުތަކުގައި ވެސް ހުންނާނެ އެވެ. ނަމަވެސް މީހުން އެ ގަސްތަކަށް ގެއްލުން ދީފާނެތީ އެ ގަސްތައް ހުރި ހިސާބުތައް ވަނީ ސިއްރުކޮށްފަ އެވެ.